Roadha Mihaaru
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

13 އޯގަސްޓް 2024

މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ދޫކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ދޫކުރަން ފަށައިފި އެވެ.

އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް 7،501 ކުދިން މި ފަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ. އެއީ އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިންނެވެ.

ޑީޕީއީ އިން ބުނީ ރާއްޖޭގެ 257 ސެންޓަރުގައި ހެދި އެސްއެސްސީ އިމްތިހާނާއި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން ދޫކުރާނެ ކަމަށެވެ.

އިމްތިހާނުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޯލެވެލް ހެދި ދަރިވަރުންނަށް މިއަދު ނަތީޖާ ދޫކުރަން ފަށާފައިވާއިރު މިއަދު ވަނީ މާލެ އާއި ހުޅުމާލޭގައި ސަރުކާރުން ހިންގާ އޭލެވެލް ސްކޫލް ކަމަށްވާ ސީއެޗްއެސްއީއަށް ދަރިވަރުން ވަނުގެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ.