17 ނޮވެމްބަރ 2022
އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނި އަތުން އަތުލި މައްސަލާގައި ބަދަލު ދިނުން ލަސްވި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް އެ ކުންފުނިން ކުރި ދައުވާ ސިވިލް ކޯޓުން އިއްޔެ ނާކާމިޔާބުވެއްޖެ އެވެ.
އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނި އަތުން އަތުލި މައްސަލާގައި ބަދަލު ދިނުން ލަސްވި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް އެ ކުންފުނިން ކުރި ދައުވާ ސިވިލް ކޯޓުން އިއްޔެ ނާކާމިޔާބުވެއްޖެ އެވެ.
މިހާރު އިއްޒުއްދީން ސްކޫލް ހިންގާ ކުރީގެ އެމްއީއެސް ސްކޫލް ހިންގި އިމާރާތް މާލެ ހައި ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދީފައި ވަނިކޮށް އެތަން 2013 ވަނަ އަހަރު ސަރުކާރުން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އޮތީ ނިންމައިފަ އެވެ.
އެ މައްސަލާގައި 15 މިލިއަން ރުފިޔާގެ ބަދަލެއް ދައްކަން މިދިޔަ އަހަރު ސިވިލް ކޯޓުން ހުކުމްކުރި އެވެ.
މާލެ ހައި ކުންފުނިން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ދެކޮޅަށް ދައުވާކުރީ ދައުލަތުން ދޭންޖެހޭ ބަދަލުގެ ފައިސާ ދައްކަން ކޯޓުން އޭރު ދިން އެއް މަސް ދުވަހުގެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އެއީ މިނިސްޓަރުގެ އިހުމާލެއް ކަމަށް ކަނޑައެޅުމަށެވެ.
މިއީ ސަރުކާރުން ކުރި ކަމަކާ ގުޅޭގޮތުން މިނިސްޓަރަކާ ދެކޮޅަށް ކުރި މިފަދަ ފުރަތަމަ ދައުވާ އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ބަދަލުގެ ފައިސާ ދައްކަން ދީފައި އޮތް އެއް މަސް ދުވަހުގެ މުއްދަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް ގުނާއިރު އެ ފައިސާ ދޫކުރުމުގައި ލަސްވެފައިނުވާ ކަމަށެވެ. އެގޮތުން އެކަމެއް ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނާ މުއްދަތު ގުނަން ޖެހޭނެ ކަމަށް ގާނޫނު ބުނާއިރު، އެންމެ ފަހު ދުވަހު އެ ފައިސާ ދައުލަތުން ދޫކޮށްފައިވާތީ އެކަމުގައި އިހުމާލެއް ނެތް ކަމަށް ގާޒީ އަބްދުއްނާސިރު ޝަފީގު އިއްވެވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި މިނިސްޓަރު އައިޝަތުގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ފަރުދީ ގޮތުން އެ ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާއެއް ވެސް ނަގައިފަ އެވެ. އެއީ ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްވުމުން މިނިސްޓަރު ފަރުދީ ގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށް ބުނެ އެވެ.
އެކަމަަކު ސިވިލް ކޯޓުން ނިންމީ ފައިސާ ދެއްކުމުގައި އިހުމާލެއް ނެތުމުން، އެ އިހުމާލަށް ޒިންމާވާން ޖެހޭ ފަރާތަކާ މެދު އިތުރަށް ގޮތެއް ނިންމަން ނުޖެހޭނެ ކަމަށެވެ.
މަންދަށް 15 މިލިއަން ދޭން އެދުނީ އެޑިއުކޭޝަނުން
މަންދަށް 15 މިލިއަން ދިނުމަކީ އެޑިއުކޭޝަން ސްޓޭންޑު
މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދެނީ
މިނިސްޓަރާ ދެކޮޅަށް ކުރި އިސްތިއުނާފް ނުބެލީ ރަނގަޅަށް
މިނިސްޓަރާ ދެކޮޅަށް ކުރި އިސްތިއުނާފް ހައިކޯޓުން ނުބެލި
އެމްއީއެސް މައްސަލަ: ގާނޫނީ ޚަަރަދު ނަގައެއް ނުދިން
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
މަންދު ކޮލެޖަށް އިތުރު ފައިސާ ދޭކަށްނުޖެހޭ: ހައި ކޯޓު
މަންދު ކޮލެޖަށް ހަތަރު ލައްކަ ދޭން ދައުލަތަށް ޖެހިއްޖެ
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި