29 ޑިސެމްބަރ 2022
އެމްއީއެސް ހިންގި އިމާރާތުގެ މައްސަލާގައި ބަދަލު ދިނުން ލަސްވި ކަމަށް ބުނެ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
އެމްއީއެސް ހިންގި އިމާރާތުގެ މައްސަލާގައި ބަދަލު ދިނުން ލަސްވި ކަމަށް ބުނެ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
އިއްޒުއްދީން ސްކޫލްގައި މިހާރު ހިންގާ އެ އިމާރާތް މާލެ ހައި ކުންފުންޏަށް ސަރުކާރުން ދީފައި ވަނިކޮށް 2013 ވަނަ އަހަރު ސަރުކާރުން އެތަން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މައްސަލާގައި 15 މިލިއަން ރުފިޔާގެ ބަދަލެއް ދައްކަން ސިވިލް ކޯޓުން ހުކުމްކުރި އެވެ.
މާލެ ހައި ކުންފުނިން މިނިސްޓަރު އައިޝަތުގެ މައްޗަށް ދައުވާކުރީ ކޯޓުން ފައިސާ ދައްކަން ދިން އެއް މަސް ތެރޭގައި ފައިސާ ނުދެއްކި ކަމަށް ބުނެ އޭނާގެ އިހުމާލު އޮތްކަމަށް ކަނޑައެޅުމަށެވެ. އެކަމަކު ކޯޓުން ނިންމީ އިހުމާލެއް ނެތް ކަމަށެވެ. މިއީ މިނިސްޓަރަކާ ދެކޮޅަށް މިފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން މާލެ ހައި ކުންފުނިން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވި ނިންމުމުގައިވަނީ ދަށު ކޯޓުގެ ނިންމުމުގައި އޮތް ގޯހެއް ނުވަތަ ކުށެއް ބުނެ ދެވިފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
މިނިސްޓަރު އައިޝަތުގެ މައްޗަށް ފަރުދީ ގޮތުން ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ، އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާއެއް ވެސް ނެގި އެވެ. އެކަމަކު ސިވިލް ކޯޓުން ނިންމާފައިވަނީ އިހުމާލެއް ނެތް ކަމަށް ނިންމާފައިވާތީ އެ ނުކުތާގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށެވެ.
އިއްޒުއްދީން ސްކޫލް އިމާރާތް ބޭނުންކުރުން ނުހުއްޓުވި
އެމްއީއެސް މައްސަލަ: މިނިސްޓަރަށްކުރި ދައުވާ ނާކާމިޔާބު
އެމްއީއެސް މައްސަލަ: ގާނޫނީ ޚަަރަދު ނަގައެއް ނުދިން
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
މަންދަށް 15 މިލިއަން ދޭން އެދުނީ އެޑިއުކޭޝަނުން
މަންދު ކޮލެޖަށް އިތުރު ފައިސާ ދޭކަށްނުޖެހޭ: ހައި ކޯޓު
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި