10 ޖުލައި 2022
އިއްޒުއްދީން ސްކޫލް ހިންގަމުންދާ ކުރީގެ އެމްއީއެސް އިމާރާތް ބޭނުންކުރުން ހުއްޓުވަން މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނަސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
އިއްޒުއްދީން ސްކޫލް ހިންގަމުންދާ ކުރީގެ އެމްއީއެސް އިމާރާތް ބޭނުންކުރުން ހުއްޓުވަން މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނަސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ކުރިން މަންދު ކޮލެޖް ހިންގި ކުރީގެ އެމްއީއެސް އިމާރާތް މާލެ ހައި ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ވަނަ އަހަރު އެތަން އަތުލީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ކުރިން އޮތީ ނިންމައިފަ އެވެ.
އެ އިމާރާތް އަލުން ހޯދުމަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެތަން އެ ކުންފުންޏާ ހަވާލު ނުކުރެވޭނެ ކަމަށެވެ. އެތަނުގައި އިއްޒުއްދީން ސްކޫލް ހިންގަން ފެށީ 2019 ވަނަ އަހަރުން ފެށިގެންނެވެ.
ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމަށްފަހު މާލެ ހައި ކުންފުނިން ހައި ކޯޓުގައި އެދުނީ އެ މައްސަލަ ނިމެންދެން އެ އިމާރާތް އެއްވެސް ކަމަކަށް ބޭނުން ނުކުރުމަށާއި އަދި އިއްޒުއްދީން ސްކޫލްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އިތުރު ދަރިވަރުން އެންރޯލް ނުކުރުމުގެ ވަގުތީ އަމުރަކަށެވެ.
ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވަނީ އެ އިމާރާތް ބޭނުންކުރުން ހުއްޓުވުމުގެ އަމުރެއް ނެރެފިނަމަ އެތަނުގައި މިހާރު ހިންގަމުންދާ އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބޭނެ ގެއްލުމުގެ ފުރުސަތު މާ ބޮޑު ކަމަށެވެ. އަދި އެ އަމުރު ނުނެރުނަސް، މާލެ ހައި ކުންފުންޏަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވެ އެވެ.
އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ހާތިފެވެ.
އެމްއީއެސް އިމާރާތް އަތުލި މައްސަލާގައި މާލެ ހައި ކުންފުންޏަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ކުރިން ވެސް ދިނެވެ. އެއީ އެމްއީއެސް އިމާރާތުން މަންދު ކޮލެޖް ބޭރުކޮށްލުމުން އެހެން އިމާރާތެއްގައި އެތަން ހިންގަން ހަރަދުވި ފައިސާ އެވެ.
މިނިސްޓަރާ ދެކޮޅަށް ކުރި އިސްތިއުނާފް ހައިކޯޓުން ނުބެލި
އެމްއީއެސް މައްސަލަ: ގާނޫނީ ޚަަރަދު ނަގައެއް ނުދިން
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
މަންދު ކޮލެޖަށް އިތުރު ފައިސާ ދޭކަށްނުޖެހޭ: ހައި ކޯޓު
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި
ސްކޫލު އިމާރާތްތަކުގެ ފެންވަރު ދަށީތަ؟ނުބެލެހެއްޓެނީތަ؟
އިއްޒުއްދީން ބަންދުކޮށް، ކުދިން އެހެން ސްކޫލްތަކަށް!
އިއްޒުއްދީން ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށްފަހު
އޮންލައިންކޮށް ޓީޗިން ކިޔެވޭގޮތަށް ނެރުނުއަމުރު ރަނގަޅު