21 އެޕްރީލް 2021
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައި އޮތުމުން، ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް އޯވަޑްރާފްޓް ފެސިލިޓީ އިތުރުކޮށްދިނުމަށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާ ދެއްވައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައި އޮތުމުން، ފިނޭންސް މިނިސްޓްރީން އެދުނު ގޮތަށް އޯވަޑްރާފްޓް ފެސިލިޓީ އިތުރުކޮށްދިނުމަށް އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާ ދެއްވައިފި އެވެ.
ދައުލަތުގެ ހަރަދަށް ޒިިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކުރާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާވުމަށް މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި، ޒިޔަތު ދެކެވަޑައިގަންނަވާ ގޮތް ހުށަހެޅުއްވި އެވެ.
ޒިޔަތު ވިދާޅުވީ ރާއްޖެ އަށް ކޮވިޑް-19 ގެ ހާލަތުން މިހާތަނަށް އަރައިގަނެވިފައި ނުވާ ކަމަށާއި އިގްތިސޯދީ ގޮތުން ވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އިގްތިސޯދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ދައުލަތަށް އާމްދަނީ ވަންނަ މައި ދޮރު، ޓޫރިޒަމް ދާއިރާ ރަނގަޅަށް ހިނގައިގަނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ މިހާރު ބޭނުންކުރާ އޯވާޑްރާފްޓް ފެސިލިޓީ ރީފައިނޭންސްކޮށް، ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތަށް މި ހާލަތުގައި ދިއުމަކީ އުނދަގޫ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެއީ 2020 އަދި 2021 ވަނަ އަހަރުގެ ދައުލަތުގެ ހަރަދަށް ބަލާއިރު މިދިޔަ އަހަރު ބަޖެޓް ޑެފިސިޓްގެ ގޮތުގައި 15 ބިލިއަން އަދި މިއަހަރު 12 ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ޗެލެންޖަކަށް ވާނެ ސަރުކާރަށް. އެހެންކަމުން، މި ހާލަތުގައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ފަސްކުރަން މިނިސްޓާ އޮފް ފިނޭންސް ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ މާއްދާ ފަސްކޮށްދިނުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އަޅުގަނޑުމެން ފާހަގަކުރަން،" ޒިޔަތު ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ށ. ބަޔާންކުރާ ގޮތުން ދައުލަތުގެ ދަރަނީގެ ނިސްބަތް 60 ޕަސެންޓުގައި ހިފަހައްޓަން ޖެހެ އެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ޒިޔަތު ވިދާޅުވީ މިދިޔަ އަހަރު ނިމުމުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 148 ޕަސެންޓްގައި ކަމުން ބަޖެޓް ޑެފިސިޓް ކުޑަކޮށް، ދަރަނި މެނޭޖްކުރަން ސަމާލުކަން ދިނުން މުހިއްމު ކަމަށެވެ.
"މިހާރު އިގްތިސޯދު ކުރިއަރަމުންދާއިރު ޖީޑީޕީ ކަލްކިއުލޭޓް ކުރެވެންޏާ އަޅުގަނޑަށް ގަބޫލުކުރެވެނީ 148 ޕަސެންޓަށް ވުރެ ދަށްވެގެންދާނެއޭ. އެހެންނަމަވެސް ގާނޫނުގައި އެބަ އޮވޭ 60 ޕަސެންޓްގައި ހިފަހައްޓަން ޖެހޭ ކަމަށް،" ޒިޔަތު ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި މެނޭޖްކުރުން މުހިއްމުކަން ފާހަގަކުރައްވައި ޒިޔަތު ވިދާޅުވީ މިހާރު ވެސް ފިނޭންސް މިނިސްޓްރީން ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީއެއް ގެންގުޅޭ ކަމަށާއި އެ ރިވައިސް ކުރެވޭނީ މަޖިލީހުން ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށް މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
އޮޑިޓާ ޖެނެރަލަކަށް އައްޔަންކުރަން ނިޔާޒީގެ ނަން
އައިސީއޭއެމުން ޔައުގޫބް އިސްތިއުފާދެއްވައިފި
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ދައުލަތަށް ގެއްލުންވާ ކަމެއް ބަލައިނުގަންނާނެ ހާމަކޮށްދީ
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ދީބާޖާގެ އޮޑިޓް އަވަސް ކުރަން އެދޭނަން: ޔައުގޫބް
އެސްޓީއޯ މެދުވެރިކޮށް ހަަރަދުކުރި ގޮތް ބަލަނީ
އައިއޭއެސްގެ ހަރަދު ބޮޑަސް، ނުހިންގޭހާ ގޯހެއް ނޫން