Roadha Mihaaru
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް

އަމީން އިތުރުފުޅު ހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީން ބަލަނީ

19 އޯގަސްޓް 2020

ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކުރި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ އާއި އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައިވާ މައުލޫމާތު ދިމާނުވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކުރި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ އާއި އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައިވާ މައުލޫމާތު ދިމާނުވާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި ނަޝީދު ފުރަތަމަ ވިދާޅުވީ، ވެންޓިލޭޓަރު ގެނައުމުގެ މައްސަލައިގައި އަމީން މަޖިލީހުގައި ދެއްކެވި ވާހަކަ އެވެ. އެގޮތުން، އަމީން ވިދާޅުވި ވާހަކަތައް އަކުރުން އަކުރަށް އިއްވެވި އެވެ. އަމީން ވިދާޅުވެފައި ވަނީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ ރެޕްރެޒެންްޓެޓިވް ޔޫއޭއީގެ ކައުންޓްރީ ރެޕްރެޒެންޓެޓިވްއާ ވާހަކަަ ދައްކަވައިގެން އަގު ބައްލަވާފައި ކަމަށެވެެ.

މަޖިލީހުގައި، މިނިސްޓަރު އަމީން ދެއްކެވި ވާހަކަ އިއްވެވުމަށް ފަހު، އަމީން އާންމަށް ނަޝީދު އެންގެވީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި އެކަމާ ބެހޭ ގޮތުން އޮތް ވާހަކަތައް އިއްވެވުމަށެވެ. އޮޑިޓް ރިޕޯޓްގައި އޮތީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ވެންޓިލޭޓަރު ގެންނަ ކުންފުންޏެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ހެލްތު މިިނިސްޓްރީ އަށް މައުލޫމާތު ދީފައި ނުވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެހެންވީމާ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އަމީން މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި އޮޑިޓާ ޖެނެރަލްގެ ރިޕޯޓާއި މަޖިލީހަށް ވަޑައިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތައް އެކުވީމާ އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"މިބާވަތުގެ ކަންކަމަކީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބައްލަވަން ޖެހޭ ކަންތައްތައް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މާލިއްޔަތު ކޮމިޓީީގައި އޮޑިޓާ ޖެނެރަލް އިއްޔެ ވިދާޅުވީ ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ހޮވީ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު މަޝްވަރާ ކުރައްވައިގެން ކަމަށާއި ނަމަވެސް މިކަމުގައި ޑަބްލިއުއެޗްއޯއާ އެކު ރަސްމީ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ފަރުވާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން މެޑިކަލް ސާމާނު ހޯދި އިރު އޭގެ ތެރޭގައި ހިމެނޭ ވެންޓިލޭޓަރު ހޯދުމުގައި އޮޅުވާލުމުގެ އަމަލުތައް ހިންގާފައިވާ ކަމާއި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ކޮށްފައި ވާތީ އެ މައްސަލަ ބަލަން ފުލުހުންނާއި އޭސީސީ އަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.