30 ޖޫން 2021
އޮޑިޓާ ޖެނެރަލަކަށް އައްޔަން ކުރަން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އޮޑިޓާ ޖެނެރަލަކަށް އައްޔަން ކުރަން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތި ލެއްވި ބޭފުުޅުންގެ ތެރެއިން މަޖިލީހަށް ރައީސްް ފޮނުއްވީ ނިޔާޒީގެ ނަން އެކަންޏެވެ. އޭނާއަށް ރުހުން ދިނުމަށްޓަކައި ދިރާސާކޮށް އިންޓަވިއުކުރުމަށް މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
ހުސައިން ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލެއްގެ މަގާމަށް އައްޔަންކުރީ 2011 ވަނަ އަހަރު އެވެ. އޭނާ އަކީ މިހާރު އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަންގެ ވެރިޔާ އެވެ. އެ ޑިވިޝަނަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ފައިސާ ހަރަދުކުރާ ގޮތުގެ އޮޑިޓްތައް ކުރާ ޑިވިޝަނެވެ.
އޮޑިޓް އޮފީހުގައި 15 އަހަރު ދުވަހަށް ވުރެ ދިގުުމުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ނިޔާޒީ އަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ލައިސަންސިން އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ ވެސް ޗެއާ އެވެ. އެ ކޮމިޓީގެ މެންޑޭޓަކީ ޕްރައިވެޓް ސެކްޓާ އޮޑިޓިންގެ ކަންތައްތައް ރެގިއުލޭޓްކުރުމެވެ. އޭނާއަކީ ޗާޓާޑް މެނޭޖްމެންޓް އެކައުންޓެންޓެކެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ނެވެ. އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ދެއްވީ ލިސްޓްގައި ނަން އޮތުމުން އޮޑިޓް އޮފީހުގެ ކަރާމާތް ގެއްލޭ ކަމަށެވެ.
އޯޑީ ފެސިލިޓީގެ މުއްދަތު އިތުރުކޮށްދޭން ފެނޭ: ޒިޔަތު
އައިސީއޭއެމުން ޔައުގޫބް އިސްތިއުފާދެއްވައިފި
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ދައުލަތަށް ގެއްލުންވާ ކަމެއް ބަލައިނުގަންނާނެ ހާމަކޮށްދީ
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ދީބާޖާގެ އޮޑިޓް އަވަސް ކުރަން އެދޭނަން: ޔައުގޫބް
އެސްޓީއޯ މެދުވެރިކޮށް ހަަރަދުކުރި ގޮތް ބަލަނީ
އައިއޭއެސްގެ ހަރަދު ބޮޑަސް، ނުހިންގޭހާ ގޯހެއް ނޫން