15 ސެޕްޓެމްބަރ 2020
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރި ނަމަވެސް ގާނޫނީ މައްސަލަތަކެއް ފެންމަތިވުމާ އެކު، އޭނާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރި ނަމަވެސް ގާނޫނީ މައްސަލަތަކެއް ފެންމަތިވުމާ އެކު، އޭނާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޔައުގޫބް މިރޭ "މިހާރު" އަށް ވިދާޅުވީ އައިސީއޭމްގެ ކައުންސިލް މެމްބަރުކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އޭނާ އައްޔަން ކުރެއްވުމުން އެ މަގާމު ގަބޫލުކުރެއްވީ ގާނޫނީ ލަފާވެސް ހޯއްދަވައިގެން ކަަމަށާއި ނަމަވެސް އެކަމުގައި ގާނޫނީ ހިޔާލު ތަފާތުވުންތަކެއް މިހާރު އުފެދިފައި ވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ. އެކަމަކު އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ މަގާމު ގަބޫލު ކުރެއްވުމުގައި ގާނޫނީ މައްސަލައެއް ނެތެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި، ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ. އެހެންވެ، ދައުލަތުގެ އިދާރާއެއްގެ ވަޒީފާ އަށް ޔައުގޫބު ވަޑައިގަތުމާ ހަމައިން އޭނާގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބައެއް މީހުން ދެކެ އެވެ.
އައިސީއޭއެމްގެ ކައުންސިލް މެމްބަރުކަން ޔައުގޫބު ގަބޫލު ކުރެއްވުމުން އޭނާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތު ނިގުޅިގެންދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެކަމުގައި ބަހުސެއް އުފައްދައިފަ އެވެ.
"އަޅުގަނޑު އެކަން ގަބޫލުކުރީ ގާނޫނީ ލަފާ ވެސް ހޯދައިގެން. އަޅުގަނޑަށް ލަފާ ދެއްވި ގާނޫނީ ބޭފުޅުން ދެކެވަޑައެއް ނުގަންނަވާ އެކަމުގައި މައްސަލައެއް އޮތް ކަމަކަށް. އެކަމަކު ހިޔާލު ތަފާތުވުންތައް އުފެދުމުން އަޅުގަނޑަށް ގަބޫލު ކުރެވުނީ އެންމެ ރަނގަޅު ގޮތަކީ ދުރަ ޖެހިލުން ކަމަށް،" ޔައުގޫބު ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިރޭ "މިހާރު" އަށް ވިދާޅުވީ އައިސީއޭއެމްގެ ކައުންސިލް މެމްބަރުކަމަށް ޔައުގޫބު އައްޔަން ކުރެއްވީ އެކައުންޓިން ޕްރޮފެޝަން ތަމްސީލު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށާއި ޔައުގޫބަކީ މިހާރުވެސް އެ ޕްރޮފެޝަންގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެކަމަކު އައިސީއޭއެމްގެ ކައުންސިލުން ވަކިވެވަޑައިގަންނަވަން ޔައުގޫބް ނިންމެވި ނިންމެވުމަކީ މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ބަލާއިރު ރަނގަޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"އިންސްޓްޓިއުޓް އުފެދުނުތާ މިހާ ކުރީކޮޅު ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އުޅުމަށް ވުރެ ޔައުގޫބު އެ ނިންމެވި ނިންމެވުން ރަނގަޅު ކަމަށް އަޅުގަނޑު ގަަބޫލު ކުރަނީ. އެކަމަކު އަޅުގަނޑުމެން އޭނާ އައްޔަން ކުރީ ލީގަލް އޮޕީނިއަން ވެސް ހޯދައިގެން،" ޒިޔަތު ވިދާޅުވި އެވެ.
އައިސީއޭއެމްގެ ކައުންސިލަށް ޔައުގޫބް އައްޔަން ކުރީ ޒިޔަތު ވިދާޅުވި ގޮތުގައި ޕްރޫޑެންޓް ޗާޓާޑްގެ މެނޭޖިން ޕާޓްނަރުގެ ހައިސިއްޔަތުންނެވެ.
ޔަައުގޫބް އިސްތިއުފާ ދެއްވުމުން އައިސީއޭއެމްގެ ކައުންސިލަށް މިހާރު ވަނީ ރިފާތު އަބްދުﷲ އައްޔަން ކޮށްފަ އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކަައުންޓެންޓްސް އޮފް މޯލްޑިވްސް އަކީ ދާދި ފަހުން ފާސްކޮށް ތަސްދީގުކުރި ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ގާނޫނުން އުފެއްދި ރެގިއުލޭޓަރީ ބޮޑީއެކެވެ.
ދީބާޖާގެ އޮޑިޓް އަވަސް ކުރަން އެދޭނަން: ޔައުގޫބް
އެސްޓީއޯ މެދުވެރިކޮށް ހަަރަދުކުރި ގޮތް ބަލަނީ
އޮޑިޓާ ޖެނެރަލަކަށް އައްޔަންކުރަން ނިޔާޒީގެ ނަން
އޯޑީ ފެސިލިޓީގެ މުއްދަތު އިތުރުކޮށްދޭން ފެނޭ: ޒިޔަތު
ޔައުގޫބްގެ މެމްބަރުކަން ގެއްލުނީތަ؟
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ދައުލަތަށް ގެއްލުންވާ ކަމެއް ބަލައިނުގަންނާނެ ހާމަކޮށްދީ
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން