Roadha Mihaaru
އޮޑިޓާ ޖެނެރަލް އޮފީހަށް ހާއްސަ އިމާރާތެއް އަޅަނީ

އޮޑިޓާ ޖެނެރަލް އޮފީހަށް ހާއްސަ އިމާރާތެއް އަޅަނީ

10 އޯގަސްޓް 2022

އޮޑިޓާ ޖެނެރަލް އޮފީހަށް ހާއްސަކޮށްގެން ހަ ބުރީ އިމާރާތެއް އެޅުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮޑިޓާ ޖެނެރަލް އޮފީހަށް ހާއްސަކޮށްގެން ހަ ބުރީ އިމާރާތެއް އެޅުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުން 17،000 އަކަފޫޓުގެ ބިމެއް އެ އިމާރާތް އެޅުމަށް އެޗްޑީސީ އިން ވަނީ ދީފަ އެވެ. އެތަޅުގައި ހަދާ އިމާރާތުގެ ބޮޑު މިނުގައި 77،000 އަކަ ފޫޓު ހުންނާނެ އެވެ. ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްދެން ހަދާ މި އިމާރާތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއި ކުރީ ޑިރެކްޓާ އޮފް ކޯޕަރޭޓް އެފެއާޒް، ނިޝްފާ ފިރާގެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އިމާރާތުގައި މުވައްޒަފުންނަށް ހާއްސަ ކެންޓީނަކާއި ޑޭ ކެއާ ސެންޓަރެއް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މިއަހަރުގެ ބަޖެޓުގައި އެ އިމާރާތް އެޅުމަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.