Roadha Mihaaru
އޮޑިޓް އޮފީހަށް 64 މިލިިއަންގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓް އޮފީހަށް 64 މިލިިއަން ރުފިޔާގެ ބަޖެޓެއް މަޖިލިހުން ފާސްކޮށްފި

28 އޮކްޓޯބަރ 2019

އޮޑިޓަ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އޮޑިޓަ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ ޖަލްސާގައި މާލިއްޔަތު ކޮމެޓީގެ ރިޕޯޓަށް ބަދަލު ނުގެނެސް، އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ ހާޒިރުވެ ތިއްބެވި 82 މެމްބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓް ކަނޑައެޅުމުގެ މަސައްކަތަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެކެވެ. އަދި ކޮންމެ އަހަރަކު ވެސް އޮޑިޓް އޮފީހުން އެ އަހަރަކަށް ލަފާކޮށް ބަޖެޓް ހުށަހަޅަނީ އެ ކޮމެޓީއަށެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ބަޖެޓުގެ ގޮތުގައި ބޭނުންވާކަން ހާމަކޮށްފައި ވަނީ ވެސް މަޖިލިހުން ފާސްކުރި އަދަދެވެ.

މި އަހަރަށް އޮޑިޓް އޮފީހަށް ދިނީ 50 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޮޑިޓް އޮފީހުގެ މަސައްކަތްތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އަދާ ކުރާ އޮފީހެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މައިގަނޑު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ބަލައިގެންފަ އެވެ. އަދި ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ވެސް މަޖިލިހަށް ވަނީ ބަލައިގެންފަ އެވެ. އަދި މަޖިލިހަށް ހުށަހެޅި ބައެއް ގަރާރުތައް ވަނީ ބަލައިގަނެ ކަމާ ގުޅޭ ކޮމިޓީތަކަށް ފޮނުވައިފަ އެވެ.

މީގެއިތުރުން ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ވެސް ސަފީރަކަށް ހަމަޖައްސަން މަޖިލިހުން ވަނީ ރުހުން ދީފަ އެވެ.