Roadha Mihaaru
އޮޑިޓަ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓަ ޖެނެރަލް އިސްތިއުފާ ދެއްވައިފި

12 މެއި 2021

ރައްޔިތުންގެ މަޖިލީހުން މިއަދު އާންމު ކުރި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓްގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން ހިމަނާފައި އޮތުމުންް އެ ގެއްލެނީ މުޅި އޮފީހުގެ ކަރާމާތް ކަމަށް ވިދާޅުވެ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އާންމު ކުރި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓްގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން ހިމަނާފައި އޮތުމުންް އެ ގެއްލެނީ މުޅި އޮފީހުގެ ކަރާމާތް ކަމަށް ވިދާޅުވެ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"... ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އޭނާ ވިދާޅުވެފައި ވެ އެވެ.

އޮޑިޓަ ޖެނެރަލްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގައި އަދި މަސްއޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް ހިޔާނާތެއް އަދި އެއްވެސް ރިޝްވަތެއް، ނުވަތަ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީން ވެސް ދެއްވާ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޒިޔަތު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ލިބިވަޑައިގެންފައިވާ ފައިސާ އަކީ، 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރި އިރު ޕީޕީއެމްގެ ޓިކެޓާ އެކު ކެމްޕޭން ކުރަން ދިން ދެ ލައްކައެއްހާ ރުފިޔާ އެވެ. އެއީ އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ދިން ފައިސާއެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. އަދި އެ ފައިސާ ދިންް އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެއްވެސް ވާހަކައެއް ފެންމަތި ވެފައި ނުވާ ކަމަށާއި އެ ފައިސާ އަކީ ކިޔާނާތުގެ ފައިސާއެއްކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވި ގޮތުގައި، ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ ނަން އެގޮތަށް ހިމަނައި އާންމުކުރާއިރު، އެކަން ހިނގައިދިޔަ ގޮތް ބަލާލުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތަށް ކަންތައްތައް ކުރުމުން އެ ގެއްލެނީ މިނިވަން މުއައްސަސާއެއްގެ ކަރާމާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.