05 އެޕްރީލް 2022
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގައި އެންމެ އިސް އަމާޒަކަށް ވާނީ ދައުލަތަށް ގެއްލުނު ފައިސާ ހޯދުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގައި އެންމެ އިސް އަމާޒަކަށް ވާނީ ދައުލަތަށް ގެއްލުނު ފައިސާ ހޯދުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން ވިދާޅުވީ، އުވައިލި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ނިންމާފައި ހުރި މައްސަލަތައް ފިޔަވައި ދެން ހުރި މައްސަލަތައް ބަލާނީ އެ އޭސީސީންނެވެ. އެކަމަށް 12 އިންވެސްޓިގޭޓަރުން ހިމެނޭ ހާއްސަ ޓީމެއް ވަނީ އެކުލަވާލައިފަ އެވެ.
ދައުލަތުން ގެއްލުނު ފައިސާ ހޯދައި އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އެޅުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން ދެ އަހަރަށް ފަހު އުވައިލީ މައްސަލަތައް ބެލުމުގައި ނަތީޖާ ނުނެރެވުމުންނެވެ. މި ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި މަގާމުތަކުގައި އުޅުއްވި ބޭފުޅުންނަށް ތުހުމަތު އެޅިފައި އޮތް އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި އިންސާފަށް ވާސިލްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
އެކަމަކު، ދައުރު ދެބައިވެގެން ދިޔައިރު ތަހުގީގުތަކުން ކުރިއެރުމެއް ނުލިބޭތީ ފާޑުކިއުން ވަނީ ބޮޑުވެފަ އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނޭ އިދާރާތަކާ އެކު އެ ކޮމިޝަނުން ބައްދަލުވުމެއް ވަނީ ބާއްވާފައި ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ލިޔެކިޔުމާއި ހެކިތަކާއި ޑިޖިޓަލް އެވިޑެންސް ގެނައުމާ މެދު ވެސް މަޝްވަރާކުރެވުނު ކަމަށް ވިދާޅުވި އެވެ.
އޭސީސީއަށް އަލަށް އައްޔަންކުރި ފަސް މެމްބަރުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޖޮއިންޓް އިންވެސްޓިގޭޝަންގައި ކުރިން އަމަލުކުރަމުން އައި އެމްއޯޔޫ ރިވިއު ކުރުމުގެ ވިސްނުން ވެސް ގެންގުޅެ އެވެ. އެ ދިރާސާކުރަން ޖެހެނީ، މައްސަލަތައް ކުރިއަށް ގެންދާއިރު ސްޕީޑް އަވަސް ކުރުމުގެ ގޮތުން ކަމަށް ވެސް އަބްދުއްސަލާމް ވިދާޅުވި އެވެ.
"އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި އަޅުގަނޑުމެން ފޯކަސްކުރާނެ އެއް ދިމާލަކީ ރައްޔިތުން ވަރަށް ބޮޑަށް އަބަދުވެސް ވަރަށް ބޮޑަށް ސުވާލުކުރޭ ކޮބައިހޭ ދައުލަތަށް ހޯދައި ދެވުނު ފައިސާގެ އަދަދަކީ، އެހެންކަމުން ފައިސާ ރިކަވާ ކުރުމަކީ އެންމެ އިސްކަންދޭ އެއް ދިމާ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލަތައް ފިޔަވައި އެސެޓް ރިކަވަރީ ކޮމިޝަނުން އޭސީސީ އަށް ލިބުނު މައްސަލަތަކުގެ އަދަދެއް އަދި ސާފެއް ނޫނެވެ.
އަބްދުއްސަލާމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ތަހުގީގު ހިނގާ ވަރަކުން ސުވާލުކުރަން ޖެހޭ އެންމެންނާ ސުވާލު ކުރާނެ އެވެ.
އޭސީސީން ނިންމާފައި ވަނީ އެމްއެމްޕީއާރުސީގެ ތަހުގީގު އަލަށް ފަށައިގަންނަ އިރު ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ރިޕޯޓުގައިވާ ކަންކަމަށް ވެސް ރިއާޔަތްކުރުމަށެވެ.
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
ނިޒާމެއް ނެތިގެން ގިނަ އަދަދެއްގެ ފައިސާ ނުހޯދިފައި!
އޭސީސީގެ މެމްބަރުން ދެއްވީ 100 ޕަސެންޓް ޔަގީންކަން!
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
އަކްރަމް، އެމްޑީޕީގެ ނިންމުން މުރާޖައާ ކުރަން އެދިއްޖެ
މަހުލޫފުގެ މައްސަލައިގެ ލިޔުންތައް އަދިވެސް ހޯދަނީ
"އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން"
މަހްލޫފުގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލާ: ޕީޖީ
ޚިޔާނާތު މައްސަލާގައި މަހުލޫފަށް ދައުވާކުރަން ފޮނުވައިފި