Roadha Mihaaru
އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖަކަށް ދައުވާކޮށްފި

އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖަކަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި

24 އޯގަސްޓް 2016

މިދިޔަ ޖޫން މަހު މާލޭގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި އަހުމަދު އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ދައުވާކޮށް، ޖުވެނައިލް ކޯޓަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ޖޫން މަހު މާލޭގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި އަހުމަދު އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ދައުވާކޮށް، ޖުވެނައިލް ކޯޓަށް ފޮނުވައިފި އެވެ.

ރާނބާ ރެސްޓޯރެންޓް ކައިރީގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި ކ. ކާށިދުއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ އިރުޝާންގެ މަރާ ގުޅިގެން ދައުވާކޮށް ކޯޓަށް ފޮނުވާފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެއްގެ އިތުރުން 17 އަހަރުގެ ކުއްޖަކަށެވެ.

ގާނޫނީ ސަބަބުތަކަށްޓަކައި ނަން އާންމު ކުރުން މަނާ އެ ތިން ކުދިންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ ދައުވާގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާ ވެސް އެ ކުދިންގެ މައްޗަށް ވަނީ ކޮށްފަ އެވެ. އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދައުވާ އެ ތިން ކުދިންގެ އިތުރުން 16 އަހަރުގެ އިތުރު ދެ ކުއްޖަކަށް ވެސް ވަނީ ކޮށްފަ އެވެ.

މި މައްސަލަ މިމަހުގެ 18 ވަނަ ދުވަހު ކޯޓަށް ހުށަހަޅާފައިވާއިރު، ޖުވެނައިލް ކޯޓުން ބުނި ގޮތުގައި ޝަރީއަތެއް އަދި ނުފަށަ އެވެ.

ކުށްކުރާ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

އިރުޝާނަށް ހަމަލާދިންތާ މާގިނައިރުތަކެއް ނުވަނީސް އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދަށް ވެސް ވަނީ ހަމަލާދީ ވަނީ މަރާލައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ފާތިހު މަރާލީ އިރުޝާންގެ މަރުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.