Roadha Mihaaru
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އުދައްޔުގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

15 ސެޕްޓެމްބަރ 2022

ގއ. މާމެންދޫގައި މިދިޔަ އަހަރު މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. މާމެންދޫގައި މިދިޔަ އަހަރު މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މާމެންދޫގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ނިންމީ އިއްޔެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ކުށް ސާބިތުވިޔަސް، އެ ކުއްޖާގެ މައްޗަށް އަދި އަދަބު ކަނޑަނާޅާ ކަމަށެވެ. ގާނޫނު އޮންނަ ގޮތުން އެ މަރުހަލާ ކުރިއަށް ގެންދާނީ ވަކިންނެވެ.

އެ ބާވަތުގެ މައްސަލަތައް ކުރިިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ އެ މައްސަލާގެ ތަފްސީލެއް ނުލިބެ އެވެ.

އުދައްޔުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެ މައްސަލަ ނިންމަން އެ ކޯޓުން މިހާރު ތާވަލް ކޮށްފައި އޮތީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.