31 އޮކްޓޯބަރ 2022
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލާގައި ކުށް ސާބިތުވި، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު 25 އަހަރާއި ފަސް މަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލާގައި ކުށް ސާބިތުވި، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު 25 އަހަރާއި ފަސް މަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖުވެނައިލް ކޯޓުން ބުނީ މާމެންދޫގައި ހިންގި މާރާމާރީގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ޢުމުރުން 17 އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި، 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ހުށަހެޅި ދަޢުވާތައް ސާބިތުވާކަމަށް މި މަހުގެ 14 ގައި ނިންމުމަށް ފަހު އަދަބު ކަނޑައެޅީ މިއަދު ކަމަށެވެ. މި ކުއްޖާގެ މައްޗަށް ސާބިތުވި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ގުޅިގެން 18 އަހަރާއި 9 މަހަަށް، ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމުގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން އެއް އަހަރުތެރޭގައި އެއް މިލިއަން ރުފިޔާ އުދައްޔުގެ ވާރިސުންނަށް ދިނުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމަށް ހުކުމްކުރި އެވެ.
މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއާ ވެސް ސާބިތުވެފައި ވާތީ އެ ކުށުގެ އަދަބަކަށް ހަ އަހަރާއި އަށް މަސްދުވަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. މި ދެ ހުކުމުގެ ޖުމްލަ ދިގުމިނަކީ 25 އަހަރާއި 5 މަސްދުވަހެވެ.
މަރުގެ މި މައްސަލާގައި ހިމެނޭ އުމުރުން 18 އަހަރުން މަތީގެ މީހުން ކަމަށްވާ، މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދާއި ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކްރިމިނަލް ކޯޓުގަ އެވެ.
މި މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސް މިމިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގަ އެވެ.
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އުދައްޔުގެ މަރު: ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
އުދައްޔުގެ މަރު:ލޭހުރި ވަޅިއެއް، ކީހެއް ގެންގުޅުނު
16 އަހަރު ކުރީގެ މަރު އަނެއްކާވެސް އަލުން ބަލަނީ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
އުދައްޔުގެ މަރު: ހަމަލާދިން ތަނެއް ހެކިންނަކަށް ނުފެނޭ
އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް