11 އޮކްޓޯބަރ 2022
ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ، ސަލާމަތްވެފައިވާ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވެއްޖެ އެވެ.
ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ، ސަލާމަތްވެފައިވާ ކުޑަކުއްޖާގެ މައްޗަށް ހައިކޯޓުން މިއަދު ކުށް ސާބިތުވެއްޖެ އެވެ.
ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ، ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ.
އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާތީ އޭނާގެ މައުލޫމާތު އޮތީ ސިއްރުކޮށްފަ އެވެ.
އޭނާ ސަލާމަތްވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅިޔަސް، އެ ހުކުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަރުހަލާ އޮންނާނީ ފަހުންނެވެ.
އެ މައްސަލާގެ ޝަރީއަތް ހައިކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އަނަސްގެ ވާރިސުންގެ ބަސް މީގެކުރިން ހައިކޯޓުން ނެގިއިރު، އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ބުނެފައިވެ އެވެ. އެކަމަކު ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން، ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށްތަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ.
ޖުވެނައިލް ކޯޓުން އޭނާ ސަލާމަތްވީ ދައުލަތުގެ ހެކިންގެ ބަހުން، އަނަސްއަށް ހަމަލާދިން ބަޔަކު އެނގެން ނެތުމާއި އެ ހާދިސާ ހިނގިދުވަހު ދައުވާލިބޭ ކުއްޖާ އުޅުނީ އެހެން ބަޔަކާ އެކު ހުޅުމާލޭގައި ކަމަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަންކަމަށް ރިއާޔަތްކޮށެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
އަނަސްގެ މަރުގެ ދައުވާލިބުނު ކުޑަކުއްޖާ ސަލާމަތްވެއްޖެ
ނަދީމްގެ މަރާ ގުޅިގެން ކުއްޖަކަށް ކުރި ދައުވާ ބާތިލް
އަނަސްގެ މަރުގެ ދައުވާލިބޭ ކުއްޖާ ދައުވާއަށް އިންކާރު
އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖަކަށް ދައުވާކޮށްފި
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
ހުސައިންގެ ގާތިލަކު މަރަން ކުރި ހުކުމް ދަމަހައްޓައިފި
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކޮށްފި