12 ޑިސެމްބަރ 2017
މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މުހައްމަދު އަނަސްގެ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ 17 އަހަރުގެ ކުއްޖާ އެ ދައުވާ އަށް ޖުވެނައިލް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.
މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މުހައްމަދު އަނަސްގެ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ 17 އަހަރުގެ ކުއްޖާ އެ ދައުވާ އަށް ޖުވެނައިލް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.
ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި އެ ކުއްޖާގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާތީ އެ ކުއްޖާގެ މައުލޫމާތެއް ވެސް އާންމެއް ނުކުރެ އެވެ. އަދި ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީއަތްތަކަކީ ވެސް ސިއްރު ޝަރީއަތްތަކެކެވެ.
ޖުވެނައިލް ކޯޓުން ބުނީ އެ ކުއްޖާ ދައުވާއަށް އިންކާރުކުރީ އެ ކުއްޖާއަށް ވަކީލަކު އައްޔަން ކުރަން ދިން ފުރުސަތުގައި ވަކީލަކު ހަމަޖެއްސުމަށް ފަހު، މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގަ އެވެ. ދައުވާ އަށް އިންކާރުކުރި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަން އެ ކުއްޖާގެ ވަކީލް އިތުރު ފުރުސަތަކަށް އެދިފައިވާތީ އެ ފުރުސަތު ދީފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދި އަނަސްގެ ހުރިހާ ވާރިސުން މަރަށް މަރު ހިިފަން ބޭނުންވެއްޖެ ނަމަ، އެ ކުއްޖާގެ މައްޗަށް މަރުގެ އަދަބު އަދަބު ކަނޑައަޅާނެ އެވެ. އެކަމަކު އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ އެ ކުއްޖާގެ މައްޗަށް ދެން އޮންނާނީ އުމުރަށް ޖަލަށްލުމުގެ އަދަބެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މީހުންގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އަނަސްގެ މަރުގެ ދައުވާލިބުނު ކުޑަކުއްޖާ ސަލާމަތްވެއްޖެ
ނަދީމްގެ މަރާ ގުޅިގެން ކުއްޖަކަށް ކުރި ދައުވާ ބާތިލް
އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖަކަށް ދައުވާކޮށްފި
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
ހުސައިންގެ ގާތިލަކު މަރަން ކުރި ހުކުމް ދަމަހައްޓައިފި
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކޮށްފި