Roadha Mihaaru
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކޮށްފި

އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ދައުވާކޮށްފި

11 އޮކްޓޯބަރ 2017

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭ، މުހައްމަދު އަނަސްގެ މަރާލި މައްސަލާގައި 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭ، މުހައްމަދު އަނަސްގެ މަރާލި މައްސަލާގައި 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި އެ ކުއްޖާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ. ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަށްވާތީ އެ ކުއްޖާގެ މައުލޫމާތު ކޯޓުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ. އެ މީހުންގެ ބައި ކޯޓަށް ފޮނުވިކަން ޔަގީނެއް ނުވެ އެވެ.