Roadha Mihaaru
ޑޭޓާސެންޓަރުގެ ހިދުމަތް މެދުނުކެނޑި ލިބޭ ގޮތް ހަދައިފި

ޑޭޓާ ސެންޓަރުގެ ހިދުމަތް މެދުނުކެނޑި ލިބޭ ގޮތް ހަދައިފި

30 ޖެނުއަރީ 2019

ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގައި ހުންނަ ޑޭޓާ ސެންޓަރުގެ ހިދުމަތް މެދުނުކެނޑި ލިބޭ ގޮތަށް ސަރުކާރުން ހަދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގައި ހުންނަ ޑޭޓާ ސެންޓަރުގެ ހިދުމަތް މެދުނުކެނޑި ލިބޭ ގޮތަށް ސަރުކާރުން ހަދައިފި އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މާލެއިން އާންމުކޮށް ކަރަންޓު ކެނޑޭ ހާލަތުގައި ޑޭޓާ ބޭސްގެ ހިދުމަތް ވެސް މެދުކެނޑުމުގެ ސަބަބުން ސަރުކާރުގެ އެކި ހިދުމަތްތަކަށް ބުރޫ އަރާ ކަމަށެވެ.

އެކަމަކު، ހިދުމަތް މެދުނުކެނޑި ލިބޭ ގޮތް ހެދުމުގެ ގޮތުން އަންއިންޓަރަޕްޓިބަލް ޕަވާ ސަޕްލައި (ޔޫޕީއެސް) އަޕްގްރޭޑްކޮށް، އެންސީއައިޓީގައި ބެކަޕް ޖަނަރޭޓަރެއް ވަނީ ބަހައްޓައިފަ އެވެ. ޔޫޕީއެސް ބެހެއްޓުމުން، ކަރަންޓް ކެނޑުނަސް ސިސްޓަމްތަކަށް ބޭނުންވާ ކަރަންޓު ވަކި ވަގުތަކަށް ލިބޭނެ އެވެ.

މަލީހް ވިދާޅުވި ގޮތުގައި ޔޫޕީއެސް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓަކީ ގާތްގަނޑަކަށް ދެ އަހަރު ވަންދެން ނުކުރެވި ލަސްވެފައި އޮތް ކަމެކެވެ. އަދި އެއާޕޯޓުން މީހުން ރާއްޖެއަށް އެތެރެކުރުމާއި ސަރުކާރުގެ އެކި ނިޒާމުތައް ހިންގުމަށް، މާލެ އިން ކަރަންޓު ކެނޑޭ މައްސަލައިގައި ބުރޫ އަރާ ކަމަށް މަލީހް ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ހުއްޓުމެއް ނެތި ހިދުމަތް ފޯރުކޮށްދިނުން ވިޔަސް، ހުރިހާ ކަމެއް ޔަގީން ކުރުމަކީ އެންސީއައިޓީގެ މުހިންމު ޒިންމާއެއް. އަދި އެކަން އެންމެ ޔަގީންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ނިޒާމަކީ ޑޭޓާ ސެންޓަރު ނުނިވި ހުރުން،" މަލީހް ވިދާޅުވި އެވެ.

ރާއްޖޭގައި ޑޭޓާ ސެންޓަރެއް ގާއިމުކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. އެ އަށް ބޭނުންވާ ބެކަޕް ސެންޓަރެއް އޭގެ ދެ އަހަރު ފަހުން ވަނީ ގާއިމުކޮށްފަ އެވެ.

މަލީހް ވިދާޅުވި ގޮތުގައި ޔޫޕީއެސް އަޕްގްރޭޑް ކުރުމުން، ރާއްޖޭގެ އީ-ގަވަނަންސް ނިޒާމް އިތުރަށް ހަރުދަނާވެގެން ގޮސް، ސެކިއުރިޓީ ކަށަވަރުވެފައިވާ ކަމަށެވެ.

"ހިދުމަތް (ޑޭޓާ ސެންޓަރު) މެދުނުކެނޑި ދެވޭނެ ކަމުގެ ޔަގީންކަން މި ލިބުނީ،" މަލީހް ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ އަގުބޮޑު ރައުސްމާލް ކަމުގައި އަޅުގަނޑުމެން ދެކޭ ދައުލަތުގެ މުހިންމު މައުލޫމާތުތައް، ޑޭޓާގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް. އެކަންކަމަށް މަގު ފަހި ކުރުމުގެ ގޮތުން އަޅުގަނޑުމެން މިކަންކަން ކުރަނީ،"

މިނިސްޓަރު ވިދާޅުވީ، މިކަމަކީ މިނިސްޓްރީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިކަން ނިންމާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.