17 ނޮވެމްބަރ 2019
ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކަށް ވެސް ހިދުމަތް ދޭން ނެޝަނަލް ޑޭޓާ ސެންޓަރު އޮތީ ތައްޔާރަށް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކަށް ވެސް ހިދުމަތް ދޭން ނެޝަނަލް ޑޭޓާ ސެންޓަރު އޮތީ ތައްޔާރަށް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަލީހު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ސާވާތައް ހޮސްޓް ކުރުމުގެ ފުރުސަތު ނެޝަނަލް ޑޭޓާ ސެންޓަރުން ލިބޭނެ ކަމަށެވެ. އަދި އެ ސެންޓަރުގެ ބޭނުން ކުރުމުން، ޑޭޓާ ރައްކާކޮށް ބަލަހައްޓަން ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވި ގޮތުގައި، ސާވާތައް ހޮސްޓް ކުރުމާއި ޑޭޓާ ރައްކާކުރުމުގެ ހިދުމަތް ޕަބްލިކް ކުންފުނިތަކަށް ދޭނީ ހިލެ އެވެ. އަދި އިތުރު ޑޭޓާ ސެންޓަރެއް ގާއިމްކުރެވި ހިދުމަތް ފުޅާވެގެން ދާއިރު އަމިއްލަ ކުންފުނިތަކަށް ވެސްް، އެ ކުންފުނިތަކުން އެދޭ ނަަމަ ހިދުމަތް ދޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންް އެހެން މުއައްްސަސާތަކަށް ދަންނަވާލަން ބޭނުން ވަނީ އެބޭފުޅުންގެ ސާވާތައް އަޅުގަނޑުމެން ހޮސްޓްކުރުމުގެ ފުރުސަތު މިކޮޅުން ލިބިގެންދާނޭ، އަޅުގަނޑުމެންގެ ނެޝަނަލް ޑޭޓާ ސެންޓާގައި ވެސް. ޑޭޓާ ސެންޓާއެއްގެ އެންމެ ބޮޑު ހަރަދެއް މިދާ އެއް ކަމަކީ ކަރަންޓްގެ ނިޒާމު، ޕަވަ ސަޕްލައި އަށް، އެކަންކަން އަޅުންގަނޑުމެންގެ ނެޝަނަލް ޑޭޓާ ސެންޓާގެ ތެރެއިން ހަމަޖެހިގެން ދާއިރު ވަރަށް ބޮޑު ހަރަދެއް ސޭވްވެގެން ދާނެކަން އަޅުގަނޑު ފާހަގަކުރަން،" މަލީހު ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި މިނިސްޓަރު މަލީހް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ
ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މިހާރު ކުރިއަށް ގެންދާ އޮފްސައިޓް ޑޭޓާ ބެކަޕް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަަސައްކަތާ ބެހޭގޮތުން އެ ސެންޓަރުގެ އިންފްރާސްޓްރަކްޗާ ޑިޕާޓްމަންޓްގެ މެނޭޖަރު ހުސައިން މުހައްމަދު ވިދާޅުވީ މިއަދު ފެށި މަސައްކަތުން އޮފްސައިޓް ޑޭޓާ ބެކަޕް އަށް 100 ޓެރަބައިޓް އިތުރުވެގެން ދާނެ ކަމަށެވެ. އެ ނިޒާމުގެ މަަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑުމެންނަށް މި ލިބުނީ އިތުރު ސާވާ ކޮމްޕިއުޓިން ޕަވާސް އަދި އާ ސްޓޯރޭޖް ޕަވާ،" އޭނާ ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ނެޝަނަލް ޑޭޓާ ސެންޓަރުގެ ގާބިލްކަން އިތުރުކުރުމަށް ކުރާ މަސައްކަތަށް ހަރަދުވާނީ 1.5 މިލިޔަން ރުފިޔާ ކަަމަށާއި އެންސީއައިޓީން ބަލަނީ ވީހާވެސް ހަރަދު ކުޑަކޮށް މަސައްކަތް ކުރުމަށް ކަމަށެވެ.
ކެމިކަލް ހުއްދަ އަށް އެދޭ ސިސްޓަމް އަޕްގްރޭޑް ކުރަނީ
ޑިވެލޮޕަރުން ގޭގައި މަސައްކަތްކުރެވޭނެ ގޮތް ހަދައިފި
އޮފީސްތަކުގައި ފިންގަޕްރިންޓް ޖެހުން ހުއްޓާލައިފި
ޑޭޓާސެންޓަރުގެ ހިދުމަތް މެދުނުކެނޑި ލިބޭ ގޮތް ހަދައިފި
ރިޕޯޓުގައި ވަނީ އެމްޑީޕީ ކޮލިޓީގެ އޮޅުވާލުން: މަލީހް
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
މަލީހު: ދެކޮޅަށް އުޅެނީ ވަކި ފެކްޝަނަކުން
ރައްކާތެެރި އިންޓަނެޓް ޕްރޮމޯޓްކުރަން ދަރިވަރުންތަކެއް
ސަރުކާރުތެރެއިން މަޖިލިސް ތަޣައްޔަރު އެބަ ކުރޭ: އާޒިމް
އިތުރު ސަބްމެރިން ކޭބަލް ގެންނަން މަސައްކަތްކުރަނީ