11 މާޗް 2020
ކޮވިޑް-19 ބަލި ޖެހިފައިވާ އަށް މީހަކު ރާއްޖެ އިން ވެސް ފެނިފައިވާތީއާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މުވައްޒަފުން އޮފީސްތަކަށް ވަދެ ނުކުތުމުގަ އާއި ހާޒިރީ ބެލެހެއްޓުމުގައި ފިންގާޕްރިންޓް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ކޮވިޑް-19 ބަލި ޖެހިފައިވާ އަށް މީހަކު ރާއްޖެ އިން ވެސް ފެނިފައިވާތީއާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މުވައްޒަފުން އޮފީސްތަކަށް ވަދެ ނުކުތުމުގަ އާއި ހާޒިރީ ބެލެހެއްޓުމުގައި ފިންގާޕްރިންޓް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް "މިހާރު" އަށް މިއަދު ވިދާޅުވީ، މުވައްޒަފުން އޮފީސްތަކަށް ވަދެނުކުތުމުގަ އާއި ހާޒިރީ ބެލުމަށް ޕިންގަޕްރިންޓް ޖެހުން މިވަގުތު ރަނގަޅު ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ. އެހެންވެ، ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކަށާއި އިދާރާތަކަށް، މި ހަފުތާގެ ކުރީކޮޅު އެކަން އަންގާފައިވާނެ ކަމަށް މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފިންގަޕްރިންޓުގެ ބަދަލުގައި އޮފީސްތަކަށް ޚާއްސަ ކާޑު ނުވަތަ ޓެގް ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެކަން ހަމަޖެހިފައި ނެތް ތަންތަނަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"އޮފީސްތަކަށް އަންގާފައި ވާނީ ކާޑާއި ޓެގް ބޭނުންކުރަން. އެކަން ހަމަޖެހިފައި ނެތް ކަމަށް އަންގައިފި ނަމަ އެންސީއައިޓީން އެހީތެރިކަން ފޯރުކޮށްދޭނެ،" މަލީހު
މުވައްޒަފުންގެ ހާޒިރީ ބަލާ ޕިންގަޕްރިންޓް ޖަހާ ސިސްޓަމް ތަރައްގީކޮށް ބަލަހައްޓަނީ އެންސީއައިޓީންނެވެ. އެ ސިސްޓަމް ހަދާފައި ވަނީ ކާޑާއި ޓެގް ވެސް ބޭނުންކުރެވޭ ގޮތަށެވެ. ނަމަވެސް ނަހަމަ ގޮތުގައި އެ ބޭނުންކުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި މީގެ ކުރިން ފިޔަވަޅުތަކެއް އަޅާފައި ވެ އެވެ. އެގޮތުން މުވައްޒަފުންނަށް އެ އޮފީހަކުން ދޫކޮށްފައި އޮންނަ ޚާއްސަ ކާޑުގައި މެޝިނުން ރީޑްކުރާ ގެ ފީޗާ މިހާތަނަށް ބޭނުމެއް ނުކުރެ އެވެ.
ފިންގަޕްރިންޓް ޖަހާ ސިސްޓަމް، އުސޫލެއްގެ ގޮތުން އެންސީއައިޓީން ބެލެހެއްޓިއަސް، އެ އޮފީހެއްގެ މުވައްޒަފުންގެ މައުލޫމާތުތައް ބަލާނީ އެ ތަނެއްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުންނެވެ.
"އޮފީސްތަކަށް އަންގާފައި ވާނީ ކާޑާއި ޓެގް ބޭނުންކުރަން. އެކަން ހަމަޖެހިފައި ނެތް ކަމަށް އަންގައިފި ނަމަ އެންސީއައިޓީން އެހީތެރިކަން ފޯރުކޮށްދޭނެ،" މަލީހު ވިދާޅުވި އެވެ.
ކުންފުނިތަކުން ވެސް އެ ގޮތަށް އަމަލުކުރުމަކީ އޭނާގެ އެދިވަޑައިގަތުމެކެވެ.
ކޮވިޑް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ ބަޔަކު ބައިވެރިވާ ބައްދަލުވުންތައް ބޭއްވުމުގެ ބަދަލުގައި ޓެލެކޮންފަރެންސް ނުވަތަ އޮންލައިންކޮށް، މީޓިންތައް ބާއްވަން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތެއް ނެތް: މަލީހް
"އީގަވަމަންޓް ރަނގަޅުކުރަން އިންވެސްޓް ކުރަން ޖެހޭ"
ކެމިކަލް ހުއްދަ އަށް އެދޭ ސިސްޓަމް އަޕްގްރޭޑް ކުރަނީ
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން
ޑިވެލޮޕަރުން ގޭގައި މަސައްކަތްކުރެވޭނެ ގޮތް ހަދައިފި
މުވައްޒަފުން ގޭގައި މަސައްކަތްކުރާނެ ގޮތް ކަނޑައަޅަނީ
ސަަރުކާރުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުކޮށްލައިފި
"ބަޣާވާތުގެ ކާމިޔާބީ ފާހަގަކުރުމުން" މަލީހު ހޫނުފެނަށް
ކުންފުނިތަކަށް ވެސް ޑޭޓާ ސެންޓަރުގެ ހިދުމަތް ދެނީ
ޑޭޓާސެންޓަރުގެ ހިދުމަތް މެދުނުކެނޑި ލިބޭ ގޮތް ހަދައިފި