Roadha Mihaaru
ޑިވެލޮޕަރުން ގޭގައި މަސައްކަތްކުރެވޭނެ ގޮތް ހަދައިފި

ކޮވިޑް-19: އެންސީއައިޓީގެ ޑިވެލޮޕަރުން ގޭގައި މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިފި

08 އެޕްރީލް 2020

މުޅި ދުނިޔޭގައި ވެސް ފެތުރޭ ކޮވިޑް-19 އިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްވަރެއްގައި، ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޑިވެލޮޕަރުންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ހަމަޖައްސަވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެ މިނިސްޓްރީގައި ބޭއްވި ބައްދަލުމުގެއްގައި، ގޭގައި ތިބެގެން އެންސީއައިޓީގެ ޑިވެލޮޕަރުންނަށް މަސައްކަތްކުރެވޭ ގޮތް ހަމަޖެއްސުމަށް ވި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މަލީހާއި އެންސީއައިޓީގެ ލީޑް ޑިވެލޮޕަރު އަހުމަދު ޔާސިރެވެ.

އެ ސެންޓަރުގައި 12 ޑިވެލޮޕަރުން މިވަގުތު މަސައްކަތް ކުރެ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ކުރި ފޭސްބުކް ޕޯސްޓެއް

"މިކަމަކީ އެންސީއައިޓީގެ މުވައްޒަފުން ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ރިކުއެސްޓް ކުރައްވާފައިވާ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މިކަހަލަ ޗެލެންޖެއް އައީމައި ވަރަށް ގިނަ ހައްލުތަކެއް އެބަ ހޯދޭ،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގޭގައި ތިބެގެން އެންސީއައިޓީގެ ސިސްޓަމްތައް ބޭނުންކުރެވޭނެ އުސޫލްތަކާއި ވަޒީފާ އަދާކުރެވޭނެ ސިޔާސަތުތައް މިއަދު އެކުލަވާލާފައިވާ ކަމަށެވެ. އަދި އޮފީހަށް އައިސްގެން އެ ތަނުގެ ޑިވެލޮޕަރުން ކުރަމުން އައި ހުރިހާ މަސައްކަތެއް ވެސް ގޭގައި ތިބެގެން މިހާރު ކުރެވޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވި އެވެ.

މި ބަދަލު ގެނައުމުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާޅޭގައި އުޅޭ އެންސީއައިޓީގެ މުވައްޒަފުންނަށް މަސައްކަތްކުރަން ފަސޭހަވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފުރުސަރު ވީހާ ވެސް ގިނަ ބަޔަކަށް ދޭން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެންސީއައިޓީގެ ޑިވެލޮޕަރުންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް އާއި އެންސީއައިޓީގެ ލީޑް ޑިވެލޮޕަރު އަހުމަދު ޔާސިރު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ

"އަޅުގަނޑުގެ ވިސްނުން ހުރީ މުސްތަގްބަލުގައި ހަގީގަތުގައި "ވޯކް ފްރޮމް ހޯމް" ސިޔާސަތު މިހާރަށް ވުރެ ވެސް ފުޅާކުރަން މަސައްކަތްކުރަން، އެއީ ރާއްޖޭގައި ކޮންމެ ރަށެއްގައި ހުރެގެން ވެސް އަޅުގަނޑު ދެކޭ ގޮތުގައި ޓެކްނިކަލް، ހާއްސަކޮށް ސޮފްޓްވެއާ ޑިވެލޮޕަރުން، އެ ކުދިންނަށް އެ މަސައްކަތް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސީ، އެ މީހުން ބޭނުންކުރަމުން އަންނަ ސިސްޓަމްތަކުގެ ރައްކާތެރިކަން ޔަގީންކުރެވުމަށް ފަހު ކަމަށެވެ. އަދި މި ގޮތަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުން، ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ގިނަ ފަސޭހަތަކެއް ވާނެ ކަމަށް ވިދާޅުވި އެވެ.

އެކި ބޭނުންތަކަށް ހަދާފައިވާ ސަރުކާރުގެ 30 ވަރަކަށް ސިސްޓަމް ބަލަހައްޓަނީ އެންސީއައިޓީންނެވެ. އެ މަސައްކަތަށް އެކަށީގެންވާ ވަރަށް ޑިވެލޮޕަރުން ނެތް ކަމަށާއި އެ ކަމަށް އެތަނުން އަންނަނީ އިތުރު ޑިވެލޮޕަރުން ހޯދަމުން ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

އެންސީއައިޓީގެ ޑިވެލޮޕަރުންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް އާއި އެންސީއައިޓީގެ ސީނިއާ ދެ ބޭފުޅުން.---ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ

ކޮވިޑް-19 މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖެއިން ފެނުމުން، ސަރުކާރުން ވަނީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވާ 13 މީހުންނަކީ ޓޫރިސްޓުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންނެވެ. އިޓަލީގެ އިތުރު ދެ ޓޫރިސްޓަކު، މި ބައްޔަށް ޕޮޒިޓިވްވި ކަން އެނގުނީ އަނބުރާ އިޓަލީ އަށް ދިޔަ ފަހުންނެވެ. ބާކީ ތިބި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ. އެ މީހުން މިހާރު ތިބީ ކަރަންޓީންގަ އެވެ.