15 ޖެނުއަރީ 2019
ޓީސީ ސްޕޯޓްސް ކްލަބުގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބުމުން، އެ ކްލަބުގައި އަންނަ ސީޒަނުގައި މަޑުނުކުރާ ގޮތަށް، މިދިޔަ އަހަރުގެ އެއް ވަނަ ކޯޗު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނިންމައިފި އެވެ.
ޓީސީ ސްޕޯޓްސް ކްލަބުގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަކަށް ކުރިއެރުމެއް ނުލިބުމުން، އެ ކްލަބުގައި އަންނަ ސީޒަނުގައި މަޑުނުކުރާ ގޮތަށް، މިދިޔަ އަހަރުގެ އެއް ވަނަ ކޯޗު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނިންމައިފި އެވެ.
އޭނާ ވަނީ ޓީސީގެ ހަޔާތުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މިދިޔަ އަހަރު ހޯދައިދީފަ އެވެ. އަދި އޭގެ ކުރީ އަހަރު އެ ޓީމަށް ބަންގްލަދޭޝްގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕް ވެސް ކާމިޔާބުކޮށްދިނެވެ.
"އަހަންނާއި ޓީސީއާ ދެމެދު ކުރިއަށް ދިޔަ ވާހަކަތައް އެއްބަސްވުމަކަށް ނާދެވި ނިމިއްޖެ. އެހެންވެ މިހިސާބުން މި އިއުލާންކުރަނީ، ވަރަށް ކާމިޔާބު ފަސް އަހަރަށް ފަހު ޓީސީ ސްޕޯޓްސް ކްލަބުން އަހަރެން ވަކިވާކަން،" ނިޒާމްބެ ފޭސްބުކުގައި އިއުލާންކުރި އެވެ.
ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން މުޅިން ވެސް ކޯޗުކޮށްދިނީ އޭނާ އެވެ. އެގޮތުން އެ ޓީމު ރާއްޖޭގެ ވަރުގަދަ ބާރަކަށް ހަދައިދިނެވެ. ރާއްޖޭގެ ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތެއް ނިންމާލީ ދެ ވަނައިގައި އޮވެ އެވެ. އަދި އެ ޓީމުގެ ތެރެއިން ޒުވާން ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތުދީ ތަރިންނަށް ހެދި އެވެ. ރާއްޖޭން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ނާއިޒް ހަސަން (ދާދު) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އޭގެ ތެރޭގައި ފާހަގަކުރެވެ އެވެ.
"ކްލަބުގެ އުއްމީދުތަކާ އެއްވަރަށް އަހަންނަށް މަސައްކަތްކުރެވި މެނޭޖްމަންޓާއި ސަޕޯޓަރުން އުފާކުރެވުނު ކަމަށް އުއްމީދުކުރަން. ކްލަބާއި ކުޅުންތެރިންނާއި އޮފިޝަލުން އަދި މެނޭޖްމަންޓާއި ސަޕޯޓަރުންނަށް ކާމިޔާބު ކުރިމަގަކަށް އެދެން،" ނިޒާމްބެ ބުންޏެވެ.
ކްލަބް ވެލެންސިއާ އާއި އައިއެފްސީގެ ކުރީގެ ކުޅުންތެރިޔާ ނިޒާމްބެ ވަނީ މީގެ ކުރިން ވިޔަންސާ އާއި ކަޅައިދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފަ އެވެ. އޭނާ 2015 ވަނަ އަހަރު ޓީސީއާ ހަވާލުވީ ކޯޗިން މަސައްކަތުގައި ކޮންމެވެސް ވަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ދުވަސްވަރު އޭނާ ވަނީ ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްކަން ވެސް ކޮށްފަ އެވެ. މިހާރު ވެސް އޭނާ އަކީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.
ބުރުން ފަހުވަގުތު ޓީސީ ބަލިކޮށް ތާރީހީ މޮޅެއް ހޯދައިފި
ޕްރީ ސީޒަނެއް ނެތި ގާތްގާތުގައި މެޗު ކުޅެން އުނދަގޫ
މާސޭގެ ދަރިފުޅު މާއިޝް އަށް ކޯޗު ނިޒާމުގެ ތައުރީފް
ޓީސީން ޕްރެސް ބޮއިކޮޓް އުވާލައިފި، ސަސްއިން ބޮއިކޮޓް
ރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބު ރަނގަޅެއް ނޫން: ނިޒާމް
ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް
ޓީސީގެ އޮފާ ލިބުމަކީ ހިތްހަމަޖެހުމެއް: ނިޒާމްބެ
ޓީސީގެ ކޯޗުކަމާ ނިޒާމްބެ ހަވާލުވެއްޖެ
މިއީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ފުރުސަތެއް: ނިޒާމްބެ
ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނަގަނީ