Roadha Mihaaru
މާސް އަށް މީހުން އުފުލަން ހެދި އުޅަނދު ދައްކާލައިފި

މާސް އަށް މީހުން އުފުލަން ހެދި އުޅަނދު ދައްކާލައިފި

13 ޖެނުއަރީ 2019

ޓޫރިސްޓުންގެ ގޮތުގައި މާސް އަށް މީހުން އުފުލުމުގެ އުންމީދުގައި އެމެރިކާގެ ބިލިއަނަރު އީލޮން މަސްކްގެ ކުންފުނި ސްޕޭސް އެކްސް އިން ބަންނަމުން ދިޔަ އުޅަނދު "ސްޓާޝިޕް" ގެ އެސެބްލްކޮށް ނިންމައިލުމަށް ފަހު، ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޫރިސްޓުންގެ ގޮތުގައި މާސް އަށް މީހުން އުފުލުމުގެ އުންމީދުގައި އެމެރިކާގެ ބިލިއަނަރު އީލޮން މަސްކްގެ ކުންފުނި ސްޕޭސް އެކްސް އިން ބަންނަމުން ދިޔަ އުޅަނދު "ސްޓާޝިޕް" ގެ އެސެބްލްކޮށް ނިންމައިލުމަށް ފަހު، ދައްކާލައިފި އެވެ.

އީލޮން ވަނީ ޓެކްސަސް ބަން އުޅަނދުގެ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. މިއީ ދިގު މިނުގައި 120 ފޫޓް އަދި ފުޅާ މިނުގައި 30 ފޫޓް ހުންނަ އުޅަނދެކެވެ.

އީލޮން ބުނި ގޮތުގައި 100 އެއްހާ މީހުންނާ އެކު ދަތުރު ކުރެވޭނެ ޖާގައާ އެކު ފަރުމާކޮށްފައިވާ މި އުޅަނދުގެ ޓެސްޓް ދަތުރު މި އަހަރު ބާއްވާނެ އެވެ. އެކަމަކު "ސްޓާޝިޕް" ރަސްމީކޮށް ލޯންޗް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސްޓެއިންލެސް ސްޓީލް ތަފާތު ގޮތަކަށް ބޭނުންކޮށްގެން، އަދި ރޮކެޓް އިންޖީނު ވެސް އެންމެ މި ޒަމާނުގެ ޓެކްލޮނޮޖީ ހިމަނައިގެން ފަރުމާ ކުރި މި އުޅަނދަކީ ފަންސާހުގެ އަހަރުތަކުގައި ތައްޔާރު ކުރި އެޓްލަސް ރޮކެޓްގެ އާކިޓެކްޗާއާ ވެސް ތަފާތުކޮށް ބަންދެފައިވާ އުޅަނދެއް ކަމަށް އީލޮން ވިދާޅުވި އެވެ.

މި އުޅަނދާ ބެހޭ ޓެކްނިކަލް ޕްރެޒެންޓޭޝަނެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސްޕޭސް އެކްސް އިން ހިއްސާ ކުރާނެ އެވެ.

ޖަޕާނުގެ ބިލިއަނަރު ޔުސާކޫ މައެޒްވާއަކީ ސްޕޭސް އެކްސްއާ އެކު ޖައްވަށް ޕްރައިވެޓް ދަތުރެއްކޮށްލަން އެންމެ ފުރަތަމަ ޓިކެޓް ގަތް މީހާ އެވެ.

އީލޮން ވިދާޅުވެފައިވާ ގޮތުގައި ސްޕޭސް އެކްސްގެ ޓާގެޓަކީ "ސްޓާޝިޕް" އަށް މީހުން ބަރުކޮށްގެން 2024 ގައި މާސް އަށް ފުރަތަމަ ދަތުރަށް ނައްޓައިލުމެވެ.