31 ޑިސެމްބަރ 2018
ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނުގެ އިންޓަރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް އެ ލޯނު އަނބުރާ ދައްކަން އޮންނަ މުއްދަތު އިތުރުކޮށްފި އެވެ.
ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ދޫކުރާ ލޯނުގެ އިންޓަރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް އެ ލޯނު އަނބުރާ ދައްކަން އޮންނަ މުއްދަތު އިތުރުކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ މީގެ ކުރިން މަތީ ތައުލީމަށް ލޯނު ދޫކުރަމުން ދިޔައީ ފަސް ޕަސެންޓް އިންޓަރެސްޓުގައި ކަމަށެވެ. ނަމަވެސް އެ އަދަދު ތިނަކަށް ތިރިކޮށް އަންނަ މަހުގެ ތެރޭގައި އެކަން އިއުލާނުކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ކުރިން ހަމަޖައްސާފައި އޮންނަ މުއްދަތަށް ވުރެ 25 ޕަސެންޓް އިތުރުކުރަން ވެސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ ބަދަލުތައް މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނާއި ލޯނުގައި އަލަށް ކިޔަވާ ދަރިވަރުންނަށް އަންނާނެ އެވެ. ނަމަވެސް މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، ގެޒެޓުގައި އިއުލާނުކުރުމުންނެވެ.
އިބްރާހިމް ވިދާޅުވީ އިންޓަރެސްޓްއޭ ކީ ނަމަވެސް އެއީ ބޭންކް މުއާމަލާތްތަކުގައި އާންމުކޮށް ނަގާ އިންޓަރެސްޓް ނޫން ކަމަށެވެ. އެއީ ދަރިވަރަށް ހިނގާ ޖުމްލަ ހަރަދަށް ބެލުމަށް ފަހު، އެއަށް ނަގާ އެޑްމިނިސްޓްރޭޓިވް ޗާޖެއް ކަމަށް ވިދާޅުވި އެވެ.
"[އިންޓްރެސް] އެ ބަސް މި ބޭނުންކުރަނީ ވައުދުގައި އެ ބަސް ބޭނުންކޮށްފައި އިންނާތީ. ފާހަގަކޮށްލަން ބޭނުންވަނީ އެއީ ބޭންކް އިންޓަރެސްޓެއް ނޫން. އެހެންވެ އެ ފަސް ޕަސެންޓް މިވަނީ ތިން ޕަސެންޓަށް ކުޑަކޮށްފައި ލޯނު ދައްކާ ޖުމްލަ މުއްދަތު 25 ޕަސެންޓަށް ދިގުކޮށްފައި،" އިބްރާހިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ [އެ ބަދަލުތައް ގެނައުމުން] ލޯނު ދައްކާ ފަރާތްތަކުން އުފުލަން ޖެހޭ ތަކުލީފު ކުޑަވެގެންދާނެ ކަމަށް."
ރާއްޖޭން ބޭރުގައި ކިޔަވަން އިންޓަރެސްޓް ކުޑަ ލޯނު ތައާރަފުކޮށް މިހާރު ލޯނު ދައްކާ ދަރިވަރުންނަށް ތަކުލީފަކަށް ނުވާނެ ގޮތަށް ލޯނު ދެއްކުމުގެ އިންތިޒާމު ރިވިއުކޮށް ރީސްޓްރަކްޗާ ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ލޯނު ދައްކާ ދަރިވަރުން ކިޔަވަން ލޯނު ނެގި ބޭންކާ މަޝްވަރާކޮށްގެން، އެ ޝެޑިއުލާ އެއްގޮތަށް ރީސްޓްރަކްޗާ ކުރުމުގެ އެއްބަސްވުމަކަށް ބޭންކާ އެކު އާދެވިފައިވާ ކަމަށެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން ހުޅުވާލި މަތީ ތައުލީމުގެ ލޯނު ސްކީމަށް ކުރިމަތިލި ދަރިވަރުންނަށް ވެސް، އާ އުސޫލުގެ ތެރެއިން ލޯނު ދޭން ނިންމައިފަ އެވެ. އޭރު ލޯނަށް ކުރިމަތިލި ދަރިވަރުންގެ ފޯމުތައް ބަލައި އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިއުލާނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމާ ގުޅޭ އެ ވައުދުތައް ފުއްދައި އިއުލާނުކޮށްފައި ވަނީ ބަޖެޓުކޮށްގެން ކަމަށެވެ. އެހެންވެ ކިޔަވާ ދަރިވަރުންނަށް އެއްވެސް ދައްޗެއް ދިމާނުވާނެ ކަމަށް ވިދާޅުވި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަަލަށް އުފެއްވި މިނިސްޓްރީއެކެވެ. މީގެ ކުރިން މަތީ ތައުލީމާ ގުޅޭ މަސައްކަތްތައް ކުރީ، އެޑިއުކޭޝަން މިނިސްޓްރީގައި ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިންނެވެ.
"ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެ ފުށް ހުށަނާޅާތީ"
މަތީ ތައުލީމުގެ ލޯނު ހަމަޖެހުނީ މަދު ބަޔަކަށް
ލޯނުގެ އިތުރު ބުރެއް މި އަހަރު އިއުލާނު ނުކުރެވިދާނެ
ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި
އެޖެންޓުން ކަމަށްބުނެ ދަރިވަރުންގެ އަތުން ފައިސާ ނަގަނީ
އިންޓްރަސްޓް ކުޑަ ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި
ގިނަ ކުދިން ޑިސްކޮލިފައި ވުމުން ދެރަވި: މިނިސްޓަރު
ލޯނު ނުލިބުމުގެ ކަންބޮޑުވުން މިނިސްޓަރާ ހިއްސާކޮށްފި
ފޯމުގައި މައްސަލަ އުޅޭކަމެއް ނޭނގޭ، އެކަމަކު ބާތިލް!
"ގިނަ މީހުންނަށް ލޯނު ނުލިބުނީ އުސޫލާ ޚިލާފުވުމުން"