27 ނޮވެމްބަރ 2019
ރާއްޖެ އިން ބޭރުގެ ޔުނިވާސިޓީތަކުގެ އެޖެންޓުން ކަމަށް ބުނެ ދިވެހި ދަރިވަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާތީ އެކަމަށް ސަމާލުވާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
ރާއްޖެ އިން ބޭރުގެ ޔުނިވާސިޓީތަކުގެ އެޖެންޓުން ކަމަށް ބުނެ ދިވެހި ދަރިވަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާތީ އެކަމަށް ސަމާލުވާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، މީޑިއާއާ އެކު ބޭއްވެވި ހަވީރު ސައިފޮދުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މަތީ ތައުލީމަށް ދާ ދިވެހި ދަރިވަރުންގެ އަތުން، ބޭރުގެ ޔުނިވާސިޓީތަކުގެ އެޖެންޓުން ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނަގާ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް މި ފަހުން އައިސްފައިވާ ކަމަށެވެ. އެހެންވެ އެކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައެއް ގައުމުތަކުގެ އެއާޕޯޓަށް އެ ދަރިވަރުން ބަލާ ދިއުމާއި ދަރިވަރު ހުންނަ ހޮސްޓެލްއާ ހިސާބަށް ވެސް ގެންގޮސް ދެނީ ފައިސާ ނަގައިގެންނެވެ. އެގޮތުން، ބައެއް ދަރިވަރުންގެ އަތުން 7،000 ޑޮލަރާ ގާތްކުރާ މިންވަރަށް ފައިސާ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުނިވާސިޓީތަކުގެ އަހަރީ ފީ އަށް ދައްކަންޖެހޭ އަދަދަށް ވުރެ އިތުރަށް އެ އެޖެންޓުން ފައިސާ ނަގާ ކަމަށާއި އެކަމުގައި ދިވެހިން އުޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިިދާޅުވި އެވެ.
"...ބިދޭސީން، އެޖެންޓުންގެ ގޮތުގައި އައިސް ގެސްޓް ހައުސްތަކުގައި ތިބެ ފޭސްބުކް މެދުވެރިކޮށް ފެއާތަކާ އެއްޗެހި އިސްތިހާރު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އެފަދަ ކަންތައްތަކުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބޭއިރު އެއީ ވަރަށް ކަންބޮޑުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ކަންތައްތައް އާއްމު ގޮތެއްގައި ދިމާވަނީ ހޭލުންތެރިކަން ކުޑަވުމާއި މައުލޫމާތު ހޯދަން އުނދަގޫ ވުމުންނެވެ. ނަމަވެސް ރާއްޖޭގައި އެފަދަ މާހައުލެއް ނެތް ކަމަށާއި ވަރަށް ފަސޭހައިން މައުލޫމާތު ލިބޭ ކަމަށް ވިދާޅުވި އެވެ.
ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމުކޮށްފި
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ބައި ބިލިއަން ރުފިޔާ
މަތީ ތައުލީމްގެ ލޯނު ދިނީ އުސޫލާ އެއްގޮތަށް: މިނިސްޓަރު
ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި
މަތީ ތައުލީމުގެ ފުރުސަތު ދިނީ 52 ދަރިވަރަކަށް
އިންޓްރަސްޓް ކުޑަ ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި
ގިނަ ކުދިން ޑިސްކޮލިފައި ވުމުން ދެރަވި: މިނިސްޓަރު
"ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެ ފުށް ހުށަނާޅާތީ"
"ގިނަ މީހުންނަށް ލޯނު ނުލިބުނީ އުސޫލާ ޚިލާފުވުމުން"
މަތީ ތައުލީމުގެ ލޯނު ހަމަޖެހުނީ މަދު ބަޔަކަށް