Roadha Mihaaru
ބޮޑު ހިޔާނާތުގައި އޭސީސީގެ ތުހުމަތު ބީއެމްއެލްއަށް!

ބޮޑު ހިޔާނާތުގައި އޭސީސީގެ ތުހުމަތު ބީއެމްއެލްގެ މުވަައްޒަފުންތަކަކަށް!

19 ޑިސެމްބަރ 2018

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ދަައުރެއް ނޯންނާނެ ކަމަށް އެ ބޭންކުން ތަކުރާރުކޮށް ދައްކަމުން ދިޔަ ވާހަކަތަކާ މެދު ޝައްކު އުފެދޭ ހަގީގަތެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ދަައުރެއް ނޯންނާނެ ކަމަށް އެ ބޭންކުން ތަކުރާރުކޮށް ދައްކަމުން ދިޔަ ވާހަކަތަކާ މެދު ޝައްކު އުފެދޭ ހަގީގަތެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

އިއްޔެ ނެރުނު ރިޕޯޓުގައި އޭސީސީން ވަނީ އެއް ކަމެއްގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭސީސީގެ ތަހުގީގުން އެނގުނު ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބުނު 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެ އެވެ. އެހެންކަމުން އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ދިވެހި ރައްޔިތުންގެ ހައްގަކުން 1.4 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ އިރު، ބީއެމްއެލުން އަބަދުވެސް ބުނަމުން ދިޔައީ އެކަމުގައި އެ ބޭންކްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި އެ ހިނާޔާތް ފަޅާއެރުމުގެ އަހަރެއްހާ ދުވަސް ކުރިން، ނޮވެމްބަރު 2014 ގައި، އެމްއެމްޕީއާރުސީގެ މާލީ މުއާމަލާތްތަކަކާ މެދު ތުހުމަތުކުރެވިގެން އެކަން، މަަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް، ރާއްޖޭގެ ގައުމީ ބޭންކުން ބުނެފައިވެ އެވެ.

އެކަމަަކު 22 މިލިއަން ޑޮލަރުގެ މުއާމަލާތްތަކެއްގައި ބޭންކްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ބަލައި އޭސީސީން ތަހުގީގުކުރަމަކީ އޭގެ ޒާތުގައި ބޮޑު މައްސަލައެކެވެ.

ބީއެމްއެލް އިން ކުރިން ބުނެފައި ވަނީ އެމްއެމްޕީއާރުސީއާ ގުޅޭ ހުރިހާ މުއާމަލާތްތައް ބޭންކް ތެރެއިން ހިންގާފައި ވާނީ "ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް" ކަމަށެވެ. ބީއެމްއެލުން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން ބީއެމްއެލް އިން ކުރިން ދީފައިވެ އެވެ.

ބީއެމްއެލްގެ ތެރެއިން އެސްއޯއެފް އާއި އެމްއެމްޕީއާރުސީން ހިންގި މުއާމަލާތްތައް ފަޅާއަރުވާލުމުން ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ގާސިމް އަބްދުލްކަރީމާ މެދު ބޭންކުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ އޭނާއަށް އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ވެސް އަ އެވެ. އެ ހުކުމް ތަންފީޒުކޮށް ގާސިމް މިހާރު ވަނީ މިނިވަންވެފަ އެވެ.

ބީއެމްއެލުން ބުނެފައި ވަނީ ގާސިމާ މެދު އަމަލްކުރީ ބޭންކްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި، ހިންގި ހިޔާނާތުގެ އަގު 1.4 ބިލިއަން ރުފިޔާ އަށް އެރިއިރު، އަދީބާ އެއްވަރަށް އޭގެ ޒިންމާ ކުރީގެ ރައީސް ޔާމީން ވެސް އުފުއްލަވަން ޖެހޭނެ ކަމަށް، ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އޭގެ ސަބަބަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތުގެ މުއާމަލާތްތަކެއް ހިންގާކަން މާ ކުރިން، އޭރުގެ އޯޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމާއި އޭރުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމް، ޔާމީންގެ ސަމާލުކަމަށް ގެންނަވާފައި ވުމެވެ.

ނަމަވެސް، އެ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބަދަލުގައި ނިޔާޒް މަގާމުން ވަކި ކުރައްވައި، ނާޒިމްގެ މައްޗަށް ހިޔާނާތުގެ މައްސަލައަކާ ގުޅިގެން 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ ޖަލު އެ ހުކުމް ބާތިލްކޮށް، ނާޒިމް މިނިވަންކޮށްފަ އެވެ.