18 ޑިސެމްބަރ 2018
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ބޮޑު ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ބޮޑު ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.
މީގެ ކުރިން އޮޑިޓަ ޖެނެރަލްގެ އޮފީހުން ކުރި ތަހުގީގަށް ފަހު ބުނެފައި ވަނީ ޚިޔާނާތުގެ މިންވަރު 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އޭސީސީން ހާމަކުރި މައުލޫމާތުގައި، އޮޑިޓަ ޖެނެރަލް ހާމަކުރައްވާފައިވާ މައުލޫމާތާއި އާ މައުލޫމާތު ވެސް ހިމެނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލުނު އިރު، ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ޖަލު ހުކުމްތަކެއް އައިސްފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީން ފުރަތަމަ ފަހަރަށް ތަފްސީލްކޮށް ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން އެއްބަސްވުން ހެދި ތަންތަނުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ތަންތަން ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެމްއެމްޕީއާރުސީއަށް 91 މިލިއަން ޑޮލަރު ލިބެން ޖެހޭކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭސީސީން ބުނީ 2014 ވަނަ އަހަރުން ފެށިގެން ފަޅުތަކާއި ރަށްތައް ހިމެނޭ ގޮތަށް 57 ތަނެއް ދޫކުރުމަށް 49 އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އެކަމަކު ރަށްތަކަކާއި ފަޅުތައް ދޫކުރުމާ ގުޅޭ ގޮތުން ފައިސާގެ މުއާމަލާތްކޮށްފައިވާ ހަތް ތަނެއްގެ އެއްބަސްވުން ހަދާފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ.
އެގޮތުން، އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް އެކި ފަރާތްތަކުން 77.5 މިލިއަން ޑޮލަރު ދައްކާފައިވާކަން ތަހުގީގަށް އެނގެން އޮތްއިރު، އެ ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ އަށް ވަދެފައިވަނީ އެންމެ 12.5 މިލިއަން ޑޮލަރު ކަމަށް ވެސް އޭސީސީން ބުންޏެވެ.
ނަމަވެސް އެމްއެމްޕީއާރުސީއަށް ލިބުނު އެ ޑޮލަރު ޗެކްތައް، އެންޑޯސްކޮށްގެން ޕްރައިވެޓް ދެ ކުންފުންޏެއްގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ. އަދި އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ޕްރައިވެޓް ކުންފުންޏެއްގެ ނަމުގައި ބޭންކްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ ފައިސާ 155 ފަރާތަކަށް ޓްރާންސްފާކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނި ގޮތުގައި، އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިދާ ޕްރައިވެޓް ކުންފުންޏަށާއި އިތުރު ބަޔަކަށް ލިބެން ޖެހެނީ ކީއްވެކަން ބަލަން ޖެހެ އެވެ. އެއީ އެ ފަރާތްތަކުގެ ގާނޫނީ ހައްގުތަކެއް ވެސް އެކުލެވިގެންވާ ކަމަކަށްވާތީ ކޮމިޝަނުން އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން އިތުރަށް ތަހުގީގު ކުރަމުން އަންނަ ހަ މައްސަލައިގެ ތެރޭގައި ރަށްތަކާއި ފަޅުތައް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ނަން ލިޔެފައިވާ ބޭންކް ޗެކްތަކެއް އެންޑޯޒް ކުރުމަށް ޒިޔަތު ސޮއިކޮށް ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 22 މިލިއަން ޑޮލަރު ޖަމާކޮށްފައިވާތީ އެކަމުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ.
މީގެއިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓުން ލިބިފައިވާ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓުގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުންކަމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިނގާފައި ހުރިކަން އެނގެން އޮއްވައި، އެކަން ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވާ މައްސަލަ ބަލަން ނިންމާފައިވާ ކަން އޭސީސީން ވަނީ ހާމަކޮށްފަ އެވެ.
މި ޚިޔާނާތާ ގުޅުން ހުރި ބައެއް މީހުން ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާތީވެ، ފުލުހުންނާ ގުޅިގެން އެމީހުން ހާޒިރުކޮށްގެން އެމައްސަލަ ބަލަން ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ވަދެފައިވާ މައްސަލަ ވެސް ބަލަ އެވެ.
ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެއްވެސް މެމްބަރަކަށް ލިބިފައިވާ ކަމުގެ ހެކި މިހާތަނަށް ލިބިފައި ނުވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އޭސީސީން ބުނި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލީ އިންވެސްޓިގޭޝަން ޓީމެއް އެކުލަވާލައި، 36 މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. މި މައްސަލަ 2015 ވަނަ އަހަރު ތަހުގީގު ކުރަން ފެށިއިރު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ އަހަރު އެވެ.
އެމްއެމްޕީއާރުސީން ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ގޮތުގައި 57 ތަނަކާ ގުޅޭ މައްސަލައެއް ތަހުގީގުކޮށް އޭސީސީން ހާމަކުރިއިރު، އެ ރަށްތަކާއި ފަޅުތަކާ ގުޅޭ 5681 ޑޮކިއުމަންޓްސް ދިރާސާކޮށްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ. އަދި 163 މީހަކާ ގުޅޭ އެކައުންޓްތަކާ ގުޅޭ 28،448 ބޭންކް ޑޮކިއުމަންޓްސް ތަހުގީގުކޮށް ދިރާސާކޮށްފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިއްޖެ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ޝަރީއަތް ނިމެންދެން އަދީބު ބަންދަށް
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
އަނިލްގެ ރިޝްވަތުގެ މައްސަލައެއް އޭސީސީއަށް
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ
ޚިޔާނާތާ ގުޅޭ ލިޔުންތައް ހާވައިގެން ހޯދަން ޖެހުނު
އޭސީސީގެ މެމްބަރުން ކޮމިޓީ އަށް މިއަދު ހާޒިރު ކުރަނީ
155 މީހުން ވެސް ސާފު! ޚިޔާނާތްތެރިއަކު ނެތް؟