06 މާޗް 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅޭ ތަހުގީގު ކުރިއަށް ގެންދިޔަ އިރު، ރާއްޖޭގައި ހުރި ބޭންކުތަކާއި އިދާރާތަކުން މައުލޫމާތު ދޭން ދެކޮޅު ހެދި އިރު، ބައެއް މައުލޫމާތުތައް ހޯދަން ޖެހުނީ "ހާވައިގެން" ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅޭ ތަހުގީގު ކުރިއަށް ގެންދިޔަ އިރު، ރާއްޖޭގައި ހުރި ބޭންކުތަކާއި އިދާރާތަކުން މައުލޫމާތު ދޭން ދެކޮޅު ހެދި އިރު، ބައެއް މައުލޫމާތުތައް ހޯދަން ޖެހުނީ "ހާވައިގެން" ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މުއައްވިޒު ވިދާޅުވީ ވަކިވަކި އިދާރާތަކުންނާއި ބޭންކުތަކުން މައުލޫމާތު ނުލިބޭނެ ކަމަށް ބުނެ، ސިޓީތައް ފޮނުވި އިރު، ތަހުގީގު ޓީމުތަކުން ބައެއް އިދާރާތަކަށް ދިޔައީމަ ޑޮކިއުމަންޓް ވީ ތަނެއް ނޭނގޭ ކަމަށް ބުނި ކަމަށެވެ.
"އެހެންވެ އިންވެސްޓިގޭޓަރުން ގުދަންތަކަށާއި ފައިލްތައް ހާވައިގެން ބައެއް ލިޔެކިޔުންތައް ހޯދަން ޖެހުނީ،" ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ކުރެއްވި ސުވާލުގެ ޖަވާބުގައި މުއައްވިޒު ވިދާޅުވި އެވެ.
ބޭންކްތަކުންނާއި އިދާރާތަކުން މައުލޫމާތު ނުލިބުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މައުލޫމާތުތައް ހޯދާފައިވާނެ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، އޭސީސީގެ މެމްބަރުންނާ ސުވާލު ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބޭންކުތަކަށް ގޮސް މައުލޫމާތު ހޯދަން އެދުމުން ކަނޑައެޅިގެން އެކަމަށް އިންކާރު ކުރި އިރު، ބޭންކުތަކުގެ އިސްވެރިންނާ ބައްދަލުކޮށްގެން އެ މައުލޫމާތުތައް ނުލިބުނު ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލާގައި ބައެއް ބޭންކުތަކަށް ގާނޫނީ އިންޒާރު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްއެމްއޭއާ އެކު ބޭއްވުނު ބައްދަލުވުންތަކުގެ އަލީގައި ވަކި ހިސާބަކުން ހުރިހާ ބޭންކެއް ކަހަލަ ގޮތަކަށް އޮންބޯޑު ވެގެން ދިޔަކަން ފާހަގަ ކުރެވުނު،" މުއައްވިޒު ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ތަހުގީގަކީ އޭސީސީގެ ތާރީހުގައި ތަހުގީގު ކުރި އެންމެ ބޮޑު އެއް މައްސަލަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ނަގުދު ފައިސާގެ މުއާމަލާތްތައް ކޮށްފައިވާތީ ފައިސާ ޓްރޭސް ކުރުމުގައި ދަތިތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ބޭންކުތަކާއި ދައުލަތުގެ ބައެއް އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ. އަދި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މުއައްވިޒު ފާހަގަ ކުރެއްވީ މައްސަލަތައް ތަހުގީގު ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ.
މުއައްވިޒު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުއައްވިޒު ވިދާޅުވީ އޭސީސީ އަށް ލިބިފައިވާ ގާނޫނީ ބާރު ހަނިވުމުގެ ސަބަބުން މައްސަލައިގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ މައްޗަށް ތުހުމަތުކޮށް މައްސަލަ ކުރިއަށް ނުގެންދެވުމާއި އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އިންކަމް ޓެކްސް ގާނޫނާއި ނުހައްގު މުއްސަނދިކަން މަނާ ކުރާ ގާނޫނެއް ނެތުމުގެ ސަބަބުން މައްސަލައިގެ މަންފާ ލިބުނު މީހުންގެ މައްޗަށް ތުހުމަތުކޮށް، މައްސަލަ ބެލުމަށް ހުރަސް އެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޖިނާއީ ވަރަށް ގިނަ ކުށްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ އެކި މައްސަލަތަކާއި މަނީ ލޯންޑްރިން ފަދަ މައްސަލަތައް ހިމެނޭ ކަމަށާއި އެއްވެސް މައްސަލައެއް ނުބަލައި ދޫކޮށްލާފައި ނުވާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ތަހުގީގަކީ އޭސީސީގެ ތާރީހުގައި ތަހުގީގު ކުރި އެންމެ ބޮޑު އެއް މައްސަލަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ނަގުދުން ފައިސާގެ މުއާމަލާތްތައް ކޮށްފައިވާތީ ފައިސާ ޓްރޭސް ކުރުމުގައި ދަތިތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ ދައުލަތަށް އެންމެ ގިނަ ފައިސާ ގެއްލިގެން ދިޔައީ ކުންފުނިތަކުގެ ތެރެއިން ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުންނެވެ. އެހެންވެ، އެ ތަންތަނުގައި ހުރި ލޯވަޅުތައް ބެއްދުމަށް ކަމާ ބެހޭ ފަރާތްތަކަށް ކަރުދާހެއް ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ މައްސަލަތަކަކީ މިހާރުގެ ޓްރެންޑަށް ބަލާއިރު، ރާއްޖޭގައި ތިބެގެން ހަމައެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަން ކަން ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ގުޅުން ވަރަށް ބޮޑަށް މުހިންމު ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރު މިންނާ މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރިޕޯޓު ނުނެރެ ލަސް ކުރީ ކީއްވެތޯ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ކޮމިޝަންގެ މެމްބަރު އައިމިނަތު މިންނާ ވިދާޅުވީ އޮގަސްޓް 10، 2017 ގައި ރިޕޯޓު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ. އަދި ރިޕޯޓު އާންމު ކުރުމަކީ ކޮމިޝަންގެ ތަހުގީގު ކުރި ޓީމުން ލަފާ ދިން ކަމެއް ނޫން ކަމަށް ވެސް މެމްބަރު މިންނާ ވިދާޅުވި އެވެ.
"ރިޕޯޓަކީ ވަރަށް ބޮޑަށް މަނީ ލޯންޑްރިންގެ މައްސަލަތައް އެކުލެވޭ، ފުލުހުން ވެސް ބަލަމުން އަންނަ މައްސަލައަކަށްވެފައި، އެ ރިޕޯޓު އެގޮތަށް އާންމު ކުރީމަ ތަހުގީގަށް ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ހުރަސްތަކާ ތަހުގީގަށް މީހުން ހާޒިރު ކުރުމާއި ތަހުގީގަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ކަންބޮޑުވުންތައް ހުރި ޓީމުގައި،" މިންނާ ވިދާޅުވި އެވެ.
ނަމަވެސް މިންނާ ވިދާޅުވި ގޮތުގައި ރިޕޯޓް އާންމު ކުރީ ކޮމިޝަންގެ މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާ ނަގައިގެން ތިބި ކަމަށް ތުހުމަތު ކުރާތީ، އެއަށް ޖަވާބުދާރީވުމުގެ ގޮތުން ކަމަށެވެ. އަދި އޭރު ފައިސާ ލިބިފައި ވަނީ ކޮން ބަޔަކަށްތޯ ހާމަ ކުރަން ބޭނުންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާންމު ކުރި ތަފްސީލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއްވެފަ އެވެ. އެގޮތުން، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.
އޭސީސީގެ މެމްބަރުން ކޮމިޓީ އަށް މިއަދު ހާޒިރު ކުރަނީ
އޭސީސީގެ މެމްބަރުން ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފި
ވަގު ފައިސާ ވަން 155 އެކައުންޓް ހާމަކުރޭ!
ބޮޑު ހިޔާނާތުގައި އޭސީސީގެ ތުހުމަތު ބީއެމްއެލްއަށް!
އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްވި
ބޮޑު ހިޔާނާތުގެ ހޯދުންތައް ޕީޖީއާ ހިއްސާ ކުރަނީ
ދޮޅު އަހަރު ނިމިއްޖެ، ޚިޔާނާތުގެ ތަހުގީގެއް ނުނިމުނު!
ޒިޔަތު ގަތް ގެއެއް ދައުލަތަށް ނަގަނީ
ހިޔާނާތުގެ ރިޕޯޓް އަވަސްކުރެވޭތޯ އެބަ އުޅެން: އޭސީސީ
ދައުލަތުގެ ފާރަވެރިޔާ:ދަތް ނެތް ސިންގާއެއް؟!