22 ނޮވެމްބަރ 2022
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ނިންމައި މީގެ މަހެއްހާ ދުވަސްކުރިން ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ނިންމައި މީގެ މަހެއްހާ ދުވަސްކުރިން ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.
އޭސީސީން މި މައްސަލަތައް ޑިއުޓީ ޕްރޮސިކިއުޝަން ނުވަތަ ދައުވާކުރުމާ މެދު މަޝްވަރާއަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މި މައްސަލަތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ތުހުމަތުތަކެއް ކޮށްފައިވާ ކަން އެނގިފައިވެ އެވެ.
ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ތަހުގީގަށް ހާޒިރުނުވެގެން މުއްދަތެއް ދީފައި ހާޒިރުވާން ވެސް އޭސީސީން އިއުލާންކުރި އެވެ. ދައުވާކުރުމާ މެދު މަޝްވަރާގައި އޮތް މައްސަލަތަކުގައި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުން ހިމެނުނަސް އެ ތަފްސީލުތަކެއް އޭސީސީ އާއި ޕީޖީން އަދި އާއްމެއް ނުކުރެ އެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ މިއަދު ވިދާޅުވީ ތަހުގީގު ނިންމައި ދައުވާކުރުމާ މެދު މަޝްވަރާގައި އޮތް އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ބައެއް ކަންކަން ޕީޖީން އެދިގެން އަންނަނީ އިސްލާހުކުރަމުން ކަމަށެވެ. އެކަންކަން އިސްލާހުކޮށްފައި ވަރަށް އަވަހަށް ޕީޖީއަށް އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުވާކުރުމާ މެދު ޕީޖީން ގޮތެއް ނިންމާނީ އޭގެ ފަހުންނެވެ.
ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް މުއައްސަސާތަކުން އަންދާޒާކުރާ ގޮތުގައި އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވެ އެވެ.
ކުރީގެ ސަރުކާރުގައި ހިންގި މި ހިޔާނާތުގައި މަޖިލީހާއި ފުލުހުންނާއި ސިފައިންނާއި މިނިވަން މުއައްސަސާތަކާއި ކޯޓުތައް ހިމެނޭ ގޮތުން ދައުލަތުގެ އެތައް އިސްވެރިންނަކަށް މަންފާވި ކަމަށް ތަހުގީގީ އިދާރާތަކުން އޮތީ ހާމަކޮށްފަ އެވެ.
ހިޔާނާތުގެ ތަހުގީގުގައި އޭސީސީން އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތަށް ބޮޑެތި އަދަދުތަކުން ގެއްލުނު ފައިސާ އަނބުރާ ހޯދަން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޖޮއިންޓް ތަހުގީގު ހިންގިއިރު ހިޔާނާތުގައި ތުހުމަތުކުރެވޭ ބައެއް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައިވެ އެވެ. ފަހުން މަޖިލީހުން ވަނީ މި ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދައި ނަންތަކާއި ފައިސާ ޖަމާވި ވަރުގެ ތަފްސީލް ވެސް އާއްމުކޮށްފަ އެވެ. އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަނުން އޭރު ބުނެފައި ވަނީ ލިސްޓުގައި ތިބި އެންމެންނަކީ ހިޔާނާތުގެ ބައިވެރިން ނޫން ކަމަށެވެ. އެ ކޮމިޝަން އުވާލަން ޖެހުނީ މި މައްސަލަތައް އެކަށީގެން ގޮތެއް ނުބެލި ލަސްވި ކަމުގެ ފާޑުކިއުންތަކާ އެކުގަ އެވެ.
އޭސީސީން އެކަނި މައްސަލަތައް ބަލަން ފެށީ ރިޔާސީ ކޮމިޝަން އުވާލައި ހަވާލުކުރި ހިސާބުންނެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުން ގެއްލުވާލާ ފައިސާ އާއި މުދާ ހޯދާނެ ނިޒާމެއް
ހިޔާނާތުގެ ފައިސާ ސިންގަޕޫރުގައި ހުރިތޯ އޭސީސީން ބަލާނެ
އެމްއެމްޕީއާރުސީ ތަހުގީގު: އަމާޒަކީ ނަތީޖާ އަވަސްކުރުން
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ރައީސަށް އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން!
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު