03 ސެޕްޓެމްބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯއްދެވުމަށް ދައުވާ ކުރައްވާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯއްދެވުމަށް ދައުވާ ކުރައްވާނެ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން އެ ޔާމީން އެއްބަސްވެވަޑައިގަތީ އެ މަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި 2018 ގައި އެ ފައިސާ ހަވާލުކުރުމަށެވެ. އެކަމަކު، އެއީ އޭސީސީއާ ހަވާލުކުރަން ޖެހޭ ފައިސާއެއް ނޫން ކަމަށް އޭރު ވެސް ޔާމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
"ސަންގު ޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއަކީ ސިޔާސީ މަސައްކަތަށް ލިބިފައިވާ ފައިސާ ކަމަށާއި އެކަމަކު އަދިވެސް އެ ފައިސާ ހުރީ އެސްކްރޯ އެކައުންޓުގައި ކަމަށެވެ.
އެ އިންޓަވިއުގައި ވެސް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ ގާނޫނާ ހިލާފު މަސައްކަތެއް ކުރަން ގެންގުޅުއްވި ފައިސާއެެއް ނޫން ކަމަށެވެ. ނަމަވެސް އެ ފައިސާ ދެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވަން ކުރިއެކޭ އެއްގޮތަށް ޔާމީން ރޭ ވެސް ދެކޮޅު ހެއްދެވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭސީސީއާ އެކު އެސްކްރޯ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގައިވާ ގޮތުން އެއް އަހަރުގެ ތެރޭގައި އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް އޭސީސީ އަށް ނުނިންމިއްޖެ ނަމަ، އަނބުރާ ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާކުރަންޖެހެ އެެވެ.
"އެކަމަކު ބޭންކް އޮފް މޯލްޑިވްސް އިން އަދިވެސް އެކަން ކޮށްދޭކަށް ނޫޅޭ. ދެން އެހެންވެ މިހާރު އެ މައްސަލާގައި އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދިއުމުގެ މަގުމަތީގައި މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.
އެ އެއް މިލިއަން ޑޮލަރު ހޯދުމަށް ދައުވާ ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއިރު އެމްއެމްޕީއާރުސީގެ މައްސަލާގައި އެންމެ ފުރަތަމަ އެ މަނިކުފާނުގެ މައްޗަށް ދައުވާކުރީ އެ ފައިސާއާ ގުޅިގެންނެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019 ގަ އެވެ. ދައުލަތުން ދައުވާކޮށްފައި ވަނީ އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓި ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ޔާމީން މިނިވަންވީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގަ އެވެ.
އެ މައްސަލައިން ޔާމީން ސަލާމަތްވި ނަމަވެސް އެމަނިކުފާނާ ގުޅޭ އިތުރު ދެ މައްސަލައެއް އަދިވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެއީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންގެންނެވެ. އެ އިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާއެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!
ޔާމީންގެ ފައިސާ ދޫނުކުރީ އޭސީސީން ދެކޮޅު ހެދުމުން
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު
ޝަރީފް ވަނީ އޮޅުވާލާފައި، ތަހުގީގު ކުރަން ޖެހޭ:ނަޝީދު
ބީއެމްއެލުން މުވައްޒަފުންގެ ހައްގުގައި އަމުރަކަށް!
"މުވައްޒަފުންނަށް ކުރި ތުހުމަތުގައި ހަގީގަތެއް ނެތް"