17 ޖުލައި 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެކު ހުޅުވާފައިވާ ބޭންކް އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ޔާމީނަށް ދޫނުކުރީ އޭސީސީން އެކަމަށް ދެކޮޅު ހެދުމުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެކު ހުޅުވާފައިވާ ބޭންކް އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ޔާމީނަށް ދޫނުކުރީ އޭސީސީން އެކަމަށް ދެކޮޅު ހެދުމުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން އޭސީސީން ކުރަމުން އަންނަ ތަހުގީގުގައި، ޔާމީނާ އެކު ބީއެމްއެލްގައި އޭސީސީން އެސްކްރޯ އެކައުންޓެއް 2018 ވަނަ އަހަރު ހުޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ ގުޅޭ ތަހުގީގުތައް ނިމެންދެންނެވެ.
އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ ޔާމީންގެ ފަރާތްޕުޅުން އޭސީސީ އާއި ބީއެމްއެލްގެ މައްޗަށް ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ. ނަމަވެސް ބީއެމްއެލްއިން ވަނީ އެ ދައުވާ ބޭންކްގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ، އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ.
ބޭންކުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ ބޭންކުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ބޭންކުގެ ވަކީލުން ބުނީ އެ ފައިސާ ހޯދަން ޔާމީން ބޭންކުގައި އެދިވަޑައިގަތުމުން އޭސީސީގެ ހުއްދައަށް ބޭންކުން އެދުނު ކަމަށެވެ. ނަމަވެސް ފައިސާ ދޫކުރަން އޭސީސީން ދެކޮޅު ހެދި ކަމަށާއި އަދި އޭސީސީގެ ހުއްދަ ނެތި އެ ފައިސާ ދޫކުރުމުގެ ބާރެއް ބޭންކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވީ މިކަހަލަ ކަމެއް ހިނގައިފިއޭ، ހުއްދަ ދެއްވާނަންތޯ ނުވަތަ ނުދެއްވާނަންތޯ މި ފައިސާ ރިލީޒް ކުރުމާ ބެހޭގޮތުން. އެ ފަރާތުން ވަނީ އެކަމަށް އިންކާރު ކުރައްވާފައި." ބޭންކްގެ ވަކީލް މަޒްލާން ރަޝީދު ވިދާޅުވި އެވެ.
ބޭންކުގެ ވަކީލުން ބުނީ އޭސީސީގެ ހުއްދަ ނެތި އެ ފައިސާ ޔާމީނަށް ދޫކުރި ނަމަ އެއީ ޖިނާއީ ކުށަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ސަބަބަކީ އެކައުންޓްގައި ހުރި ފައިސާއަކީ ޖިނާއީ ކުށަކާ ގުޅިގެން ހިފަހައްޓާފައި ހުރި ފައިސާތަކެއް ކަމަށް އޭސީސީން ބުނާތީ ކަމަށް ވަކީލުން ބުންޏެވެ.
ނަމަވެސް އޭސީސީގެ ވަކީލުން ބުނީ އެސްކްރޯ އެކައުންޓް ހުޅުވުމުގެ އެއްބަސްވުން އޮތްގޮތަކީ އެ އެއްބަސްވުމަކީ ބީއެމްއެލް ވެސް ބައިވެރިވެގެން ހެދި އެއްބަސްވުމެއް ކަމަށާއި އެކަމުގައި ބީއެމްއެލްގެ ދައުރެއް ވެސް އޮންނާނެ ކަމަށެވެ.
އެގޮތަށް އޭސީސީން ބުނުމުން، ބޭންކުގެ ވަކީލުން ވަނީ ފައިސާ ދޫ ކުރުމާ މެދު އޭސީސީން ދެކޭ ގޮތެއް ހާމަކުރަން އެދޭ ކަމަށެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ބީއެމްއެލްގައި ހުރި ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރެއްވީ ޔާމީން ކަމަށާއި އެހެންވެ، އެކަމުގައި ބީއެމްއެލްގެ މައްޗަށް ދައުވާ ކުރެވޭނެ ސަބަބެއް އެބައޮތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ އޭސީސީން ޖަވާބު ހުށަހެޅުމަށް ދެން އޮންނަ އަޑުއެހުމެއްގައި ފުރުސަތު ދޭނެކަން އިއުލާން ކުރެއްވުމަށްފަހު އެވެ.
އެ މައްސަލަ ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ
އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ދައުވާކުރަނީ
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ
ޔާމީންގެ އެއްމިލިއަން ޑޮލަރުގެ މައްސަލަ މަޑުޖައްސާލައިފި
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން އޭސީސީން ހައިކޯޓަށް
ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް
ޕީޖީން އެދިގެން ޔާމީންގެ މިއަދުގެ އަޑުއެހުން ކެންސަލް