31 ޖުލައި 2019
ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ ތަނަކަށް ވާ ތަން ދެކެން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެ ބޭންކްގެ އާ ބޯޑަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުބާރު ހިފޭ ތަނަކަށް ވާ ތަން ދެކެން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެ ބޭންކްގެ އާ ބޯޑަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ބީއެމްއެލްގެ އާ ބޯޑަށް ތައުރީފް ކުރައްވައި މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، އެ ބޭންކުގެ ކްރޮސްޕޮންޑެންޓް ބޭންކްތަކާއި އެ ތަނާ މުއާމަލާތް ކުރާ އެހެން މާލީ ގިނަ އިދާރާތަކަކުން ބީއެމްއެލާ ގުޅޭ ބައިވަރު ޝަކުވާތައް ކުރަމުންދާ ކަމަށެވެ. އަދި ބީއެމްއެލްއާ ގުޅޭ ގޮތުން މަޖިލިހުގެ ތަޅުމާއި ކޮމިޓީތަކުގައި ވެސް މަޝްވަރާ ކޮށްފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ބީއެމްއެލްގެ މައްޗަށް އެކި ގޮތްގޮތަށް ތުހުމަތުތައް ކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި މަޖިލިހުގެ ގިނަ މެމްބަރުންނާއި އަޅުގަނޑު ވެސް މި ދެކެނީ އިތުބާރަކީ ސާފުވެގެން އަންނަ އެއްޗެކޭ. ކަންކަން ފޮރުވީމާ އުފެދޭ ކަމެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުންގެ ވާޖިބަކަށް އަދި އަމާޒަކަށް ވާނީ ބީއެމްއެލްގެ މައްޗަށް މުޅި ދުނިޔޭގެ މާލީ އިދާރާތަކާއި ދިވެހިންނާއި ވިޔަފާރިވެރިންގެ އިތުބާރު ބޮޑުކޮށް ދިނުމެވެ. އެކަން ކުރުމަށް ބޭންކް "ސާފު" ކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވި އެވެ.
"އެކަން ކޮށްދިނުމަށް ބޭންކް ސާފުކޮށް، އެބަ ސާފުވާން ޖެހޭ ކުރެވިފައި ވަނީ ކޮންކަމެއްތޯ ނުކުރެވި ވަނީ ކޮން ކަމެއްތޯ، ވަކި ކަމެއް ކުރީ ކާކުތޯ، ކިހިނެއްވެގެންތޯ؟ މި ސުވާލުތަކުގެ ޖަވާބު އަޅުގަނޑަށް ޔަގީން ދާނީ ލިބެމުން. ބީއެމްއެލްގެ އިތުބާރު ވެސް ރައްޔިތުންގެ މެދުގައި ދާނީ ބޮޑުވަމުން،" ނަޝީދު ވިދާޅުވި އެވެ.
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ހަދަން ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އެ ބޭންކުގެ އިހުމާލު އޮތް ކަަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. މާލިއްޔަތު ކޮމިޓީގައި ޗެކްތަކާ ބެހޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރާއިރު، އެކަން ހުށަހެޅީ ރައްޔިތުންގެ މަޖިލިހުންނެވެ.
އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ހަ ޗެކް ބީއެމްއެލުން އެސްއޯއެފަށް ޖަމާކުރި ކަމަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަމުން އަންނަ ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ އިހުމާލާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި މެމްބަރުން ޝަރީފާ ސުވާލުކުރުމުން އޭނާ ބައެއް ވާހަކަތައް ވިދާޅުވީ ހަގީގަތް ފޮރުވަން އޮޅުވާލައިގެން ކަމަށް މަޖިލިހުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ފަހުން ބެލި ބެލުމުން އެކަން ސާފުވެފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޝަރީފް ދޮގު ހެއްދެވި ކަމަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދިން ކަމަށް ބުނާ މައްސަލައިގަ އެވެ.
ނޮޓް ނެގޯޝިއަބްލް ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިޔެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ފެށުނީއްސުރެ ބީއެމްއެލުން އަންނަނީ ބުނަމުންނެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް އެ ބޭންކުން ތަކުރާރުކޮށް، ބުނަމުން ދިޔައީ އެފަދަ ޗެކެއް ޖަމާކޮށްފައި ނުވާނެ ކަމަށެވެ.
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
މަޖިލީހުން ހުށަހެޅި ޝަރީފްގެ މައްސަލަ ބަލަން ފަށައިފި
ޝަރީފް ވަނީ އޮޅުވާލާފައި، ތަހުގީގު ކުރަން ޖެހޭ:ނަޝީދު
އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ގާސިމް
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ
އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ދައުވާކުރަނީ
އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު
ޒިޔަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުން އުވާލައިފި
މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަނީ
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް