28 ޖުލައި 2019
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖިލީހުން ހުށަހެޅި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ތަހުގީގަށް އަދި ޝަރީފް ހާޒިރެއް ނުކުރެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ އިހުމާލާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި މެމްބަރުން ޝަރީފާ ސުވާލުކުރުމުން އޭނާ ބައެއް ވާހަކަތައް ވިދާޅުވީ ހަގީގަތް ފޮރުވަން އޮޅުވާލައިގެން ކަމަށް މަޖިލިހުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ފަހުން ބެލި ބެލުމުން އެކަން ސާފުވެފައިވާ ކަމަށް ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެނގިފައިވާ ގޮތުގައި ޝަރީފް ދޮގު ހެއްދެވި ކަމަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދިން ކަމަށް ބުނާ މައްސަލައިގަ އެވެ.
"ނޮޓް ނެގޯޝިއަބްލް" ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިޔެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ފެށުނީއްސުރެ ބީއެމްއެލުން އަންނަނީ ބުނަމުންނެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް އެ ބޭންކުން ތަކުރާރުކޮށް، ބުނަމުން ދިޔައީ އެފަދަ ޗެކެއް ޖަމާކޮށްފައި ނުވާނެ ކަމަށެވެ.
އެކަމަކު ނޮޓް ނެގޯޝިއަބްލް ޗެކްތަކެއް ބީއެމްއެލް އިން ޖަމާކޮށްދީފައިވާ ކަމަށް ތަހުގީގަށް ހެކި ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވައި ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ޝަރީފް، މަޖިލީހަށް މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށެވެ. އޭނާގެ އެއްވެސް ވާހަކައެއްގައި ހަގީގަތް އޮޅުވާލާފައި ނުވާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލުން ބުނިގޮތުގައި ޗެކު އިމޭޖިން އެންޑް ޓްރާންސެކްޝަންގެ ދަށުން ޗެކު ކްލިއަރެންސް 2016 ގައި ފެށުމާ ހަމައަށް އެ ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރާ އެހެން ބޭންކްތަކުގެ ޗެކުތައް އަދި ޗެކުތަކުގެ އިމޭޖަކީ ވެސް ބޭންކުގެ ރެކޯޑުގައި ބަހައްޓާ އެއްޗެއް ނޫނެވެ. ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެ ޗެކަށް ފައިސާ ދޫކުރާނީ ވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުން ކަމަށް ބަޔާނުގައިވެ އެވެ.
އެފަދަ ޗެކުތަކުގެ ރެކޯޑު ވެސް ހުންނާނީ އެ ބޭންކެއްގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި މައްސަލައިގައި ހިމެނޭ އެފަދަ ޗެކުތަކުގެ ކޮޕީ ހޯދަން އެދިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު
ޒިޔަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުން އުވާލައިފި
މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަނީ
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ތަހުގީގަށް އަތް ނުލެވޭނެ މީހަކު ނުހުންނާނެ: ކޮމިޝަނަރު
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް
ޚިޔާނާތުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ ބަލަނީ