ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ މިއަދު ބައްދަލުކުރައްވައިފި އެވެ.
16 އޯގަސްޓް 2016
ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މެލޭޝިއާގައި މިހާރު ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ބައިވެރިިވަޑައިގަތުމަށް ނައިބު ރައީސް ޖިހާދު އެ ގައުމަށް ފުރާވަޑައިގަތީ އިއްޔެގަ އެވެ.
ޕުތްރަޖަޔާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެއިން ބޭނުންވާ އެހީތެރިކަން ހުރިހާ ދާއިރާއަކުން ވެސް މެލޭޝިއާގެ ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ އެހީތެރިކަން މެލޭޝިއާއިން ބޭނުންވެއްޖެ ނަމަ، އެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ޖިހާދު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"ބްލޫ އޯޝަން ސްޓްރެޓެޖީ" ކޮންފަރެންސުގައި ތަގުރީރުކުރައްވަމުން ނައިބު ރައީސް ޖިހާދު ވަނީ ދިވެހި ސަރުކާރުގެ މެނިފެސްޓޯ ބިނާވެފައިވާ މުހިއްމު ބައިތަކާއި އިގުތިސާދީ ސިޔާސަތުތަކާއި ތައުލީމް އުނގަންނައިދިނުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ރާއްޖޭގެ އާބާދީގެ 46 ޕަސެންޓް ހިއްސާކުރާ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަކީ ވެސް އިސްކަމެއް ދެމުން އަންނަ ކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ސިޔާސަތު ގާއިމްކުރުމާއި މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބިނާކޮށް އިންޝުއަރެންސް ޕްރޮގްރާމެއް ތައާރަފްކުރުމާއި ސަރުކާރާ ގުޅިގެން ބޮޑެތި ޕްރޮޖެކްޓުތައ ހިންގުމަށް ފުރުސަތު ހުޅުވާލުމަކީ ރާއްޖެއިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
ރައީސާއި ނައިބު ރައީސް ރާއްޖެއިން ބޭރުގައި
މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނަގަނީ
ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތެއް އަދި ނުލިބޭ: ޕޮލިސް
ޔުމްނުގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން:އާއިލާ
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
އިސްލާމީ އުންމަތް ގުޅިގެން ކުރިއަށް ދާން ގޮވާލައްވައިފި
އައިއައިޔޫއެމުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓުކަން
ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން މެލޭޝިޔާއަށް ދައުވަތު
ބޭރުގައި ކިޔެވިޔަސް އިސްލާމީ އުސޫލު ދޫކޮށްނުލާ: ރައީސް
މެލޭޝިއާގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި