23 ނޮވެމްބަރ 2018
އޭވިއޭޝަން ދާއިރާގައި ރަނގަޅު ވާދަވެރިކަމެއް އޮންނަ ނަމަ އެ ދާއިރާގެ ހިދުމަތް ރަނގަޅުވެ ހިދުމަތުގެ އަގު ހެޔޮވެގެން ދާނެ ކަމަށް މަންތާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަ މުހައްމަދު ހަލީލް ވިދާޅުވެއްޖެ އެވެ.
އޭވިއޭޝަން ދާއިރާގައި ރަނގަޅު ވާދަވެރިކަމެއް އޮންނަ ނަމަ އެ ދާއިރާގެ ހިދުމަތް ރަނގަޅުވެ ހިދުމަތުގެ އަގު ހެޔޮވެގެން ދާނެ ކަމަށް މަންތާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަ މުހައްމަދު ހަލީލް ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި މަންތާ އެއާގެ ބްރޭންޑް ރަސްމީކޮށް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކުގެ މޮނޮޕޮލީގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތައް ހިންގަމުން އަންނަ އިރު، ގިނަ ފަތުރުވެރިންގެ ޝަކުވާ އަކީ އެއާޕޯޓުން ރިސޯޓަށް ދިއުމުގައި ދިމާވާ ތަކުލީފާއި، އަތުން ހަރަދުވާ ގިނަ އަދަދުގެ ފައިސާ ކަން ހަލީލް ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން ރާއްޖޭގައި ކުރިއަރަމުން އަންނަ ޓޫރިޒަމް ދާއިރާގައި ގެސްޓް ހައުސްތަކާއި ރިސޯޓުތަކަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ބޭނުން ވަނީ އެއާޕޯޓުން ރިސޯޓާއި ހަމަޔަށް ގެންގޮސްދޭނެ އެއާލައިނެއް ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.
މަންތާ އެއާގެ މުވައްޒަފުންގެ ޔުނިފޯމް ދައްކާލުން. -- ފޮޓޯ: ހުސެން ވަހީދު
"އެ މައްސަލަތަކަކީ މި ދާއިރާގައި އޮތް މޮނޮޕޮލީގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެއް. ރަނގަޅު ވާދަވެރިކަމެއް އޮންނަ ނަމަ ހިދުމަތް ރަނގަޅުވާނެ. އަގު ވެސް ހެޔޮވާނެ." ހަލީލް ވިދާޅުވި އެވެ.
ރާއްޖޭގެ މުއާސަލާތީ ދާއިރާ މިސާލަކަށް ނަންގަވައިގެން ހަލީލް ވިދާޅުވީ ފަހަކަށް އައިސް، އެ ދާއިރާގައި ވާދަވެރިކަން އިތުރު ވުމުން ރަނގަޅު ބަދަލު ފެނުނު ކަމަށެވެ. އަދި އޭވިއޭޝަން ދާއިރާގައި ވެސް އެކަން އެގޮތަށް ނުވާންވީ ސަބަބެއް ނެތް ކަމަށް ހަލީލް ފާހަގަ ކުރެއްވި އެވެ.
އޭވިއޭޝަން ދާއިރާއަށް ދިމާވެފައި އޮތް މޮނޮޕޮލައިޒޭޝަންގެ މައްސަލަ އަށް ކުރިމަތިލައި، އެ ދާއިރާގައި ވާދަވެރިކަން ގެނައުމަށް މަސައްކަތް ކުރާ މަންތާ އެއާގެ ދަތުރުތައް ފަށާއިރު އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 80 ޕަސެންޓަކީ ދިވެހިންނެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މަންތާ އެއާގެ ބްރޭންޑް ލޯންޗް ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި އެ ކުންފުނިން އަންނަ މަހު ދަތުރުތައް ފަށަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ ދަތުރުތައް ފެށުމަށް އެ ކުންފުނީގެ ފުރަތަމަ ފްލައިޓް ގެނެސް، ކުދަގަދަކޮށް ފާހަގަ ކޮށްފައި ވެއެވެ.
އިސްކޮށް އުޅެން ޖެހޭނީ ދިވެހިން: ނައިބު ރައީސް
މަންޓާގެ ސީޕްލޭނެއް ހުޅުލޭ ފަޅަށް ވެއްޓިއްޖެ
މަންޓާގެ ޓޫރިސްޓު ދަތުރުތައް އަލުން ފަށައިފި
މަންޓާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިފި
މަންޓާ އެއާއިން ހެޔޮ އަގެއްގައި ދަރަވަންދު އަށް ދެވޭނެ
މަންޓާ އެއާގެ ދަތުރުތައް ދަރަވަންދު އަށް
މަންތާ އެއާގެ ދަތުރުތައް ފަށައިފި
މަންތާ އެއާގެ ދެވަނަ ބޯޓު ރާއްޖެ ގެނެސްފި
މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނެސްފި
މަންތާ އެއާއިން 300 އެއްހާ މީހުންނަށް ވަޒީފާ ދެނީ