ބީނޯސް އޭރީޒް (ނޮވެމްބަރު 12) – ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަންޝިޕް ކަމަށްވާ ކޮޕަ ލިބެޓަޑޮރެސްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާޖެންޓީނާގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓް 2-2 އިން އެއްވަރުވެއްޖެ އެވެ.
12 ނޮވެމްބަރ 2018
ބީނޯސް އޭރީޒް (ނޮވެމްބަރު 12) – ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަންޝިޕް ކަމަށްވާ ކޮޕަ ލިބެޓަޑޮރެސްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާޖެންޓީނާގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓް 2-2 އިން އެއްވަރުވެއްޖެ އެވެ.
ބޮކާގެ ލަ ބޮމްބޮނޭރާގައި ކުޅުނު މި މި މެޗު އެއްވަރުވީ ނަމަވެސް ރަށުން ބޭރުގައި ޖެހި ދެ ލަނޑާ އެކު އެޑްވާންޓޭޖް އޮތީ ރިވާ އަށެވެ. އެ ޓީމުގެ އެލް މޮނިއުމެންޓަލް ސްޓޭޑިއަމުގައި މި މަހުގެ 24 ގައި ކުޅޭ ދެ ވަނަ ލެގު ލަނޑެއް ނުޖެހި ނުވަތަ 1-1 އިން އެއްވަރުވިޔަސް ތަށި ލިބޭނީ ރިވާ އަށެވެ.
މިއީ ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފްވެރި ކްލަބް މުބާރާތުގެ ފައިނަލް ދެ ލެގުގެ އުސޫލުން ކުޅޭނެ ފަހު ފަހަރެވެ. އަދި މިއީ މުޅި ދުނިޔެ އަށް ބެލިޔަސް އެންމެ ވާދަވެރިކަން ބޮޑު ކުރިމަތިލުންތަކުގެ ތެރޭ ހިމެނޭ ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓުގެ ސުޕަކްލަސިކޯ އެއް މި މުބާރާތުގެ ފައިނަލުގައި ފެންނަ ފުރަތަމަ ފަހަރެވެ.
ބޮކާ ޖޫނިއާސްގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. --ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގެ 34 ވަނަ މިނެޓުގައި އަބީލާގެ ގޯލުން ކުރި ހޯދައިފަ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ޕްރައްޓޯ ވަނީ ރިވާ އަށް އެއްވަރުކޮށްދީފަ އެވެ. ބޮކާ އިން އަލުން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ބެނެޑެއްޓޯ ޖެހި ގޯލުންނެވެ. ރިވާ އަށް އެއްވަރުވީ 61 ވަނަ މިނެޓުގައި ބޮކާގެ އިޒްކުއިޑޯޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
އާޖެންޓީނާ ލީގު ޗެމްޕިއަންކަން 36 ފަހަރު ހޯދާފައިވާ ރިވާ އާއި 33 ފަހަރު ކާމިޔާބުކޮށްފައިވާ ބޮކާ އަކީ އާޖެންޓީނާގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ދެ ކްލަބެވެ. ބޮކާ އަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ އާއި ހުއާން ރޯމަން ރިކުއެލްމޭ އާއި ގެބްރިއަލް ބަޓިސްޓޫޓާ އާއި ކްލައުޑިއޯ ކަނީޖާ އަދި މާޓިން ޕަލާމޯ ހިމެނެ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސްގެ ކުރީގެ ފޯވާޑް ކާލޯސް ޓެވޭޒް މިހާރު ވެސް ޓީމުގައި ހިމެނުނު ނަމަވެސް ރޭ އެރީ ފަހު ވަގުތު އެވެ.
ރިވާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލްފްރެޑޯ ޑި ސްޓެފާނޯ ކެރިއަރު ފެށި ކްލަބެވެ. މީގެ އިތުރުން އެރިއަލް އޯޓޭގާ އާއި ފަހުގެ ބައެއް ތަރިން ކަމަށްވާ އެސްޓަބާން ކަމްބިއާސޯ އާއި ގޮންޒާލޯ ހިގައިން އާއި ރަޑަމެލް ފަލްކާއޯ އާއި ރަޑަމެލް ފަލްކާއޯ އާއި ހަވިއޭ މަޝެރާނޯ އަދި މާޓިން ޑެމިކޭލިސް ވަނީ އެ ޓީމަށް ކުޅެފަ އެވެ.
ރިވަ ޕްލޭޓުން ކޮޕާ ލިބެޓެޑޯރެސް ކާމިޔާބުކޮށްފި
ބޮކާ އާއި ރިވާ ޕްލޭޓުގެ މެޗު އަނެއްކާ ވެސް ފަސްކޮށްފި
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް
ކަވާނީ ޔޫރަޕް ދޫކޮށް އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް
މަރަޑޯނާގެ ހަނދާނުގައި ކުޅުނު މެޗުން ބާސާ ބަލިވެއްޖެ
"ކީޕަރެއް" ނެތި ރިވަ ޕްލޭޓް މޮޅުވެއްޖެ
އިޓަލީގެ ޑި ރޮސީ ބޮކަ ޖޫނިއަސް އަށް
ހައިރާންކުރުވަނިވި ގޮތަކަށް ރިވާ ޕްލޭޓް ބަލިކޮށް އަލް އައިން ފައިނަލަށް
ޖަލުގައި ކުޅެނިކޮށް ޓެވޭޒަށް އަނިޔާވެއްޖެ