ކޮޑޯބާ، އާޖެންޓީނާ (މާޗް 30) - ބޮކަ ޖޫނިއާސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކާލޯސް ޓެވޭޒް ޖަލުގައި ކުޅުނު މެޗެއްގައި އުކުޅުވަޅަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
30 މާޗް 2018
ކޮޑޯބާ، އާޖެންޓީނާ (މާޗް 30) - ބޮކަ ޖޫނިއާސް އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކާލޯސް ޓެވޭޒް ޖަލުގައި ކުޅުނު މެޗެއްގައި އުކުޅުވަޅަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
ކްލެރިން ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 34 އަހަރުގެ ޓެވޭޒް ޖަލަށްދިޔައީ އޭނާގެ ކޮއްކޮ ހުއާން އަލްބާޓޯ މާޓިނޭޒްއާ ބައްދަލުކުރުމަށެވެ. މާޓިނޭޒް އަންނަނީ ހަތިޔާރު ހިފައިގެން ފޭރުމުގެ މައްސަލައެއްގައި 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުންނެވެ.
ޓެވޭޒްގެ އުކުޅުވަޅަށް އަނިޔާވީ ޖަލުގައި ގައިދީންނަށް ކުޅެން ހާއްސަކޮށްފައިވާ ދަނޑެއްގައި ކުޅުނު 20 މިނިޓްގެ މެޗެއްގެ ތެރެއިންނެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ އަދި ޔުވެންޓަސް އަށް ކުޅުނު ޓެވޭޒް އަލުން ބޮކަ ޖޫނިއާސް އަށް ބަދަލުވީ މި އަަހަރު އެވެ. އެއީ ބޮޑު އަގުގައި ޗައިނާގެ ސުޕަ ލީގުގައި އެއް އަހަރު ކުޅުމަށް ފަހު އެވެ. މި ފަހަރު ރަޝިއާއަށްދާ އާޖެންޓީނާ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދާން މަސައްކަތް ކުރަމުން އަންނަ ޓެވޭޒް ވަނީ ބޮކަ ޖޫނިއާސް އަށް ފަސް މެޗުން ތިން ގޯލު ޖަހައިފަ އެވެ.
އާޖެންޓީނާ ލީގުގެ އެއް ވަނައިގައި 20 މެޗަށް ފަހު ބޮކަ ޖޫނިއާސް އޮތް ނަމަވެސް ކުރިއަށް އެ ޓީމަށް އޮތީ އުނދަގޫ މެޗުތަކެކެވެ. ޓެވޭޒަށް މި ލިބުނު އަނިޔާއާ ގުޅިގެން އޭނާ މަދުވެގެން ތިން ހަފްތާ ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުހިއްމު މެޗުތަކެއް އޮއްވާ ޓެވޭޒަށް އަނިޔާވުމުން ބޮކަ ޖޫނިއާސް އަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެެވެ. އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޮކަ ޖޫނިއާސް އިން ވަނީ މިކަމުގެ ސަބަބުން ޓެވޭޒް ޖޫރިމަނާކުރަން ނިންމައިފަ އެވެ.
ކަވާނީ ޔޫރަޕް ދޫކޮށް އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް
ޓެވޭޒްގެ "ބައްޕަ" މަރުވުމުން ކުޅުން ހުއްޓާލައިފި
މަރަޑޯނާގެ ހަނދާނުގައި ކުޅުނު މެޗުން ބާސާ ބަލިވެއްޖެ
އިޓަލީގެ ޑި ރޮސީ ބޮކަ ޖޫނިއަސް އަށް
ރިވަ ޕްލޭޓުން ކޮޕާ ލިބެޓެޑޯރެސް ކާމިޔާބުކޮށްފި
ބޮކާ އާއި ރިވާ ޕްލޭޓުގެ މެޗު އަނެއްކާ ވެސް ފަސްކޮށްފި
ބޮކާ ޖޫނިއާސް އާއި ރިވާ ޕްލޭޓުގެ މެޗު އެއްވަރު
ޓެވޭޒް މިހާރު ބޭނުންވަނީ ވޯލްޑް ކަޕުގެ ޖާގައެއް
ވޯލްޑް ކަޕްގައި މަނާ ބޭސް ބޭނުންކުރިކަމުގެ ތުހުމަތު
ޗައިނާ ކްލަބްތަކުގެ ރެކޯޑް ހަރަދުތައް ހުއްޓުވަނީ