މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު އުމުރުން 38 އަހަރުގެ އާޖެންޓީނާ ފޯވާޑް ކާލޯސް ޓެވޭޒް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފި އެވެ.
05 ޖޫން 2022
މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު އުމުރުން 38 އަހަރުގެ އާޖެންޓީނާ ފޯވާޑް ކާލޯސް ޓެވޭޒް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފި އެވެ.
ޓެވޭޒްގެ ކުޑައިރު ކުޅުނު އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް 2018 ވަނަ އަހަރު ބަދަލުވެ، އެ ކުލަބު ދޫކޮށްލީ އެ ކްލަބުގައި އޭނާގެ ކެރިއަރު، އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެއީ އޭނާ އެޑޮޕްޓްކޮށްގެން ބައްޕައެއްގެ ގޮތުގައި ގެންގުޅުނު މީހާ މަރުވުމަށް ފަހު އެވެ.
ބޮކާ ޖޫނިއާސް ދޫކޮށްލިއަސް އޭނާ ހުރީ އެހެން ކްލަބަކާ އެކު ކެރިއަރު ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް ޓެވޭޒްގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށްވާ އޭނާގެ ބައްޕަ މަރުވުމާ އެކު ފުޓުބޯޅަ ކެރިއަރު ހުއްޓާލަން ނިންމާފައިވާކަން އޭނާ ވަނީ މީޑީއާގައި ހާމަކޮށްފަ އެވެ.
ތެވޭޒް ކުޑައިރު އޭނާގެ ބައްޕަ ސުގެންޑޯ (ކ) އާއެކު.--
"އަހަރެންގެ އެންމެ ގާތް ސަޕޯޓަރު އަހަންނާ ވަކިވެ ދިޔުމުން ފުޓުބޯޅަ ކުޅުން ހުއްޓާލައިފިން. ރިޓަޔާ ވެއްޖެއިން،" ޓެވޭޒް ބުންޏެވެ.
"ވަރަށް ގިނަ އޮފާތައް ލިބުނު. އޭގެތެރޭގައި އެމެރިކާ ލީގު ވެސް ހިމެނޭ، އެކަމަކު ދެން މި ނިންމާލީ. ފަހު ސީޒަނުގައި ކުޅެން ވަރަށް އުނދަގޫވި. އެކަމަކު އަހަރެންގެ ބައްޕަ ފެނުމުގެ ފުރުސަތު ލިބުނު އެފަހަރު."
ޓެވޭޒްގެ އަސްލު ބައްޕަ ވަނީ އޭނާ ވިހެއުމުގެ ކުރިން މަރުވެފަ އެވެ. އަދި އޭނާ ވިހެއުމަށް ފަހު ގެންގުޅުނީ އޭނާގެ މަންމަ ފަރާތު ބޮޑުދައިތަގެ ދެމަފިރިން އެޑޮޕްޓް ކޮށްގެންނެވެ. އޭނާ އުފަންވިއިރު ނަމަކީ ވެސް ކާލޯސް އަލްބާޓޯ މާޓިނޭޒް އެވެ. ނަމަވެސް އެޑޮޕްޓް ކުރުމަށް ފަހު އޭނާގެ ފަހަތު ނަން ޓެވޭޒް އަށް ބަދަލު ކުރީ އެވެ. އެޑޮޕްޓް ކޮށްގެން އޭނާ ބަލައި ބޮޑުކުރި ބައްޕަ ސުގެންޑޯ ރައިމުންޑޯ ޓެވޭޒް މަރުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކޮވިޑް-19 ޖެހިގެންނެވެ.
ޓެވޭޒް މެންޗެސްޓާ ޔުނައިޓެޑާ އެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ.--
ޓެވޭޒް ވަނީ ބޮކާ ޖޫނިއާސް އިން ކްލަބް ކެރިއަރު ފަށައި، ބްރެޒިލްގެ ކޮރިންތިއަންސް އަށް ބަދަލުވުމުގެ ކުރިން އާޖެންޓީނާ ލީގާއި ކޮޕާ ލިބަޓަޑޯރެސް އަދި ދެކުނު އެމެރިކާ އާއި ޔޫރަޕް، ދެ ބައްރުގެ ކްލަބް ޗެމްޕިއަނުން ކުޅޭ އިންޓަ ކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ދެކުނު އެމެރިކާ ދޫކޮށް ޔޫރަޕަށް ކުޅުން ބަދަލުކޮށްލީ ކޮރިންތިއަންސް އަށް ބްރެޒިލް ލީގު ކާމިޔާބު ކޮށްދީފަ އެވެ.
ޔޫރަޕުގައި އޭނާގެ ފުރަތަމަ ތަޖުރިބާއަކީ އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑެވެ. ވެސްޓް ހޭމް އަށް އެއް ސީޒަން ކުޅުމަށް ފަހު އޭނާ ވަނީ ލޯނު އުސޫލުން، ޖެހިގެން އައި ދެ ސީޒަނުގައި ސާ އެލެކްސް ފާގަސަންގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ. އެ ދެ ސީޒަނުގައި ޓެވޭޒް ވަނީ އިންގްލެންޑާއި ޔޫރަޕުގެ އިތުރުން ދުނިޔެ ވެސް ފަތަހަ ކޮށްފަ އެވެ. ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ހޯދުމުގެ އިތުރުން އޭނާ ވަނީ ލީގު ކަޕާއި ކޮމިއުނިޓީ ޝީލްޑް އަދި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ހޯދައިފަ އެވެ.
ނަމަވެސް އޭނާގެ ލޯނުގެ ދެ އަހަރު ނިމުމުން އޭނާ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޔުނައިޓެޑުގެ ވާދަވެރި މެންޗެސްޓާ ސިޓީއާ ގުޅިފަ އެވެ. އޭރު ވަނީ ޔޫއޭއީގެ ބޮޑުވަޒީރު ޝެއިހު މަންސޫރުގެ އަބޫދާބީ ޔުނައިޓެޑް ގުރޫޕުން ކުލަބު ހިންގަން ހަވާލުވެފަ އެވެ. ސިޓީއާ އެކު ޓެވޭޒް ވަނީ ލީގާއި އެފްއޭ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
އިންގްލެންޑުގައި ހޯދި ކާމިޔާބީއާ އެކު އޭނާ ދެން ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ. ޔުވެންޓަސްގައި ދެ ސީޒަން ހޭދަކުރިއިރު އޭނާ ވަނީ އިޓާލިއަން ލީގާއި ކޮޕާ އިޓާލިއާ އަދި އިޓާލިއަން ސުޕަ ކަޕް ހޯދައިފަ އެވެ.
ޔުވެންޓަސް އަށް ކުޅުމަށް ފަހު އޭނާ ވަނީ އެނބުރި ބޮކާ ޖޫނިއާސް އަށް ބަދަލުވެ، އެޓީމާ އެކު ތިން ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު ޗައިނާ ސުޕަ ލީގުގެ ޝަންހާއީ ޝެންހުއާ އަށް ކުޅެ ޗައިނީޒް ކަޕް ކާމިޔާބު ކުރި ނަމަވެސް އެ ގައުމުގެ ފުޓުބޯޅައާ މެދު ހިތްހަމަ ނުޖެހިގެން ތިންވަނަ ފަހަރަށް އެނބުރި ބޮކާ ޖޫނިއާސް އަށް ބަދަލުވީ އެވެ.
ޓެވޭޒް ވަނީ އާޖެންޓީނާއާ އެކު 2004 ގެ އޮލިމްޕިކް މުބާރާތުން ރަން މެޑަލް ހޯދުމުގެ އިތުރަށް، 2015 ވަނަ އަހަރާ ހަމައަށް ސީނިއާ ގައުމީ ޓީމަށް 75 މެޗު ކުޅެދީފަ އެވެ. އަދި ކޮޕާ އެމެރިކާ އާއި ފީފާ ވޯލްޑް ކަޕާއި ކޮންފެޑެރޭޝަން ކަޕުގައި ވެސް އޭނާ ވަނީ ގައުމު ތަމްސީލް ކޮށްފަ އެވެ.
އެފްއޭއެމްގެ ކުރު މުބާރާތަށް ފީފާއިން ބައިލައްކަ ޑޮލަރު
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކުރާތީ ނުރުހުން
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ
ޗައިނާގައި އިމާރާތުން ވެއްޓުނު ގަބޮން ކުޅުންތެރިޔާ މަރު
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
އޯ ލެވެލްއާ ދިމާވާތީ ޒުވާން ޓީމު ބަލިކަށިކޮށް
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ފައިސާ ދިނަސް މުބާރާތް ކުޅެން ޝައުގެއް ނެތް
ކީޕަރު މާޓިނޭޒް ޕީއެސްޖީގެ ސަޕޯޓަރުން ރުޅި އަރުވާލައިފި