ލަންޑަން (ޖުލައި 20) - އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑެނިއަލީ ޑި ރޮސީ އާޖެންޓީނާގެ ގަދަބާރު ބޮކަ ޖޫނިއަސް އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
20 ޖުލައި 2019
ލަންޑަން (ޖުލައި 20) - އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑެނިއަލީ ޑި ރޮސީ އާޖެންޓީނާގެ ގަދަބާރު ބޮކަ ޖޫނިއަސް އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަނަށް ފަހު ކެޕްޓަން ޑި ރޮސީގެ ކޮންޓްރެކްޓް އާނުކުރަން އޭއެސް ރޯމާ ނިންމި ނަމަވެސް އޭނާ ކުޅުން ހުއްޓާނުލާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. އޭރު ބެލެވުނީ ޑި ރޮސީ ބަދަލުވާނީ އެމެރިކާ ލީގުގެ ނިއުޔޯކް ސިޓީ އަށް ކަމަށެވެ. އެކަމަކު ބޮކަ ޖޫނިއަސްގެ ރައީސް ޑެނިއަލް އަންޖެލިޗީ ދާދި ފަހުން ވިދާޅުވީ ޑި ރޮސީ އެ ކްލަބާ ގުޅެން ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
އުމުރުން 35 އަހަރުގެ ޑި ރޮސީ އަކީ ދުނިޔޭގެ ޗެމްޕިއަނެއް ކަމަށާއި އޭނާ ފަދަ ކުޅުންތެރިޔަކު ބޮކަ ޖޫނިއަސް އަށް ކުޅުމަކީ އެ ކްލަބަށް ވެސް ލިބިގެންދާނެ ޝަރަފެއްގެ ކަމަށް އަންޖެލިޗީ ވަނީ ވިދާޅުވެފަ އެވެ.
"އާޖެންޓީނާ ފުޓްބޯޅަ އަށް ވެސް ރަނގަޅުވާނެ ޑި ރޮސީ ފަދަ ކުޅުންތެރިން މި ގައުމުގެ ޓީމުތަކަށް ކުޅުނީމަ. އަހަންނަށް 99 ޕަސެންޓް ޔަގީން ޑި ރޮސީ ބޮކަ ޖޫނިއަސް އަށް ކުޅޭނެ،" އަންޖެލިޗީ ވިދާޅުވި އެވެ.
އާޖެންޓީނާ ފުޓްބޯޅަ ގަވާއިދު ބުނާގޮތުން އެ ގައުމުގެ ކްލަބްތަކުގެ ލިސްޓުގައި ޖެހޭނީ އެހެން ގައުމުތަކުގެ ހަ ކުޅުންތެރިންނެވެ. އޭގެ ތެރެއިން އެއް ފަހަރާ ދަނޑުމަތީގައި ތިބެވޭނީ ފަސް ކުޅުންތެރިންނަށެވެ. ބޮކަގެ ޓީމު ލިސްޓުގައި މި ވަގުތު ވެސް އާޖެންޓީނާ ނޫން އެހެން ގައުމަތަކަށް ނިސްބަތްވާ ހަ ކުޅުންތެރިން އެބަތިއްބެވެ. އަންޖެލިޗީ ވިދާޅުވީ ވަރަށް އަވަހަށް ދެ ޖާގައެއް ހުސްވާނެ ކަމަށެވެ.
"ހެދިފައި ހުރި ގަވާއިދުތަކަށް އަހަރެމެން ޖެހޭނެ އިހުތިރާމްކުރަން. އެ ގޮތުގެ މަތިން ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ޑި ރޮސީގެ ޓްރާންސްފާ ވަރަށް އަވަހަށް ހަމަޖެހޭނެ،" އަންޖެލިޗީ ވިދާޅުވި އެވެ.
ރޯމާގެ ޔޫތު ޓީމާ 2000 ވަނަ އަހަރު ގުޅުނު ރޮސީ ސީނިއާ ޓީމަށް ކުޅެން ފެށީ 2001 ގަ އެވެ. 615 މެޗު ކުޅެދިން ނަމަވެސް ކްލަބާ އެކު ހޯދުނީ މަދު ކާމިޔާބީތަކެކެވެ. އެއީ 2007 އާއި 2008 ގެ އިޓާލިއަން ކަޕެވެ. އެކަމަކު އެތައް ކްލަބަކުން އޭނާ އަށް އޮފާކުރި ނަމަވެސް ކްލަބް ދޫކޮށްލުމުގެ ހިޔާލެއް ނުކުރި އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ވެސް ހިމެނެ އެވެ.
ޑި ރޮސީ ގިނަ ބަޔަކަށް ފާހަގަވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ. އެ މުބާރާތުގެ ދެ ވަނަ މެޗުގައި އެމެރިކާ ކުޅުންތެރިޔެއްގެ މޫނުމަތި ފަޅާލުމުން ދިން ސަސްޕެންޝަނާ އެކު މުބާރާތް ނިމުނީ ކަމަށް ބެލެވުނެވެ. އެކަމަކު ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ފައިނަލުގައި ވެސް ކުޅެ އިޓަލީ އަށް މުބާރާތް ކާމިޔާބުކޮށްދިނުމުގައި ދައުރެއް އަދާކުރި އެވެ. އިޓަލީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ އެ ޓީމަށް 117 މެޗު ކުޅެދީފަ އެވެ.
ބޮކަ ޖޫނިއަސް އަށް ކުޅެން ޑި ރޮސީ ނިންމީ އޭނާ އަށް ފިއޮރެންޓީނާ އާއި އާސެނަލް އަދި ސެވިއްޔާ އިން ވެސް ހުށަހެޅުންތަކެއް ލިބިފައިވަނިކޮށެވެ.
ޑި ރޮސީ އޭނާގެ ކުޑައިރުގެ ކްލަބް ސަލާމަތްކޮށްދީފި
ރޯމްގައި މިވަގުތު ބަތަލަކީ ސާބިއާގެ ކީޕަރު މިލީ ސިލްވާ
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
ކަވާނީ ޔޫރަޕް ދޫކޮށް އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް
އިޓަލީގެ ވޯލްޑް ކަޕް ތަރިން ދެ ވަނަ ޑިވިޝަނުގައި
މަރަޑޯނާގެ ހަނދާނުގައި ކުޅުނު މެޗުން ބާސާ ބަލިވެއްޖެ
ޔޫރޯގައި އިޓަލީ ޓީމަށް ޑި ރޮސީ އެހީވަނީ
ޑި ރޮސީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
ރޯމާ އިން ފުރުސަތެއް ނެތަސް ރޮސީގެ ކެރިއަރު ނުނިމޭ
ރިވަ ޕްލޭޓުން ކޮޕާ ލިބެޓެޑޯރެސް ކާމިޔާބުކޮށްފި