އިޓަލީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޑެނިއަލީ ޑި ރޮސީ އިޓަލީ ދެ ވަނަ ޑިވިޝަނުގެ ސްޕަލްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
13 އޮކްޓޯބަރ 2022
އިޓަލީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަދި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޑެނިއަލީ ޑި ރޮސީ އިޓަލީ ދެ ވަނަ ޑިވިޝަނުގެ ސްޕަލްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
މިއާ އެކު، އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ގިނަ ކުޅުންތެރިންތަކެއް މިހާރު ފެންނާނީ ދެ ވަނަ ޑިވިޝަނުންނެވެ. އޭރުގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ކޯޗުކޮށްދެނީ ބެނެވެންޓޯ އަށެވެ. ފައިނަލް ފްރާންސް އަތުން އިޓަލީ މޮޅުވިއިރު ފަހު ޕެނަލްޓީ ވައްދާލި ފަބިއޯ ގްރޮސޯ ކޯޗުކޮށްދެނީ ފްރޮސިނޯނޭ އަށެވެ. އަދި އޭރުގެ ފޯވާޑް ފިލިއްޕޯ އިންޒާގީ ކޯޗުކޮށްދެނީ ރެޖީނާ އަށެވެ. އެ ފަހަރު ގޯލް ބެލެހެއްޓި ޖިއަންލުއިޖީ ބުފޮން އަކީ ޕާމާގެ ކުޅުންތެރިއެކެވެ.
ސްޕަލްއާ އެކު ޑި ރޮސީ ކޮންޓްރެކްޓް ހެދީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. އެ ޓީމުން ކުރީގެ ކޯޗު ރޮބާޓޯ ވެންޓުރަޓޯ ވަކިކުރީ ރެލިގޭޝަން ޒޯނަށް ވެއްޓުމުންނެވެ.
ޑި ރޮސީ އަކީ ރޯމާގެ ޔޫތު ޓީމުން ތަމްރީންވެ 2001-2019 އަށް އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅުނު މިޑްފީލްޑަރެކެވެ. ފްރެންޗެސްކޯ ޓޮޓީ ރިޓަޔާކުރުމުން ރޯމާގެ ކެޕްޓަންކަން ކުރި ޑި ރޮސީ އަށް އެ ޓީމާ އެކު ހޯދުނު ކާމިޔާބީތަކަކީ އިޓާލިއަން ކަޕް ދެ ފަހަރު ހޯދުމާއި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ހޯދުމެވެ. ޑި ރޮސީ ކެރިއަރު ނިންމާލީ އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ކުޅުމަށް ފަހު އެވެ.
ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ޑި ރޮސީ ވަނީ 2006 ގެ ވޯލްޑް ކަޕުގައި ވާދަކުރި އިޓަލީގެ ސުޕަ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައިފަ އެވެ. އެކަމަކު ގްރޫޕް ސްޓޭޖުގައި އެމެރިކާއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި އުޅަނބޮށިން ޖަހައި އެމެރިކާ ކުޅުންތެރިއެއްގެ ނޭފަތް ފަޅާލުމުން ސަސްޕެންޑްކުރީ އެވެ. އެކަމަކު އެނބުރި އައިސް ފައިނަލުގައި ކުޅުނެވެ. އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ 2018 ގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުންނެވެ.
ޑި ރޮސީ ވަނީ އިޓަލީން މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު ކޯޗު ރޮބާޓޯ މަންޗިނީގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ.
ޑި ރޮސީ އޭނާގެ ކުޑައިރުގެ ކްލަބް ސަލާމަތްކޮށްދީފި
ރޯމްގައި މިވަގުތު ބަތަލަކީ ސާބިއާގެ ކީޕަރު މިލީ ސިލްވާ
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
ޔޫރޯގައި އިޓަލީ ޓީމަށް ޑި ރޮސީ އެހީވަނީ
ޑި ރޮސީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
އިޓަލީގެ ޑި ރޮސީ ބޮކަ ޖޫނިއަސް އަށް
ރޯމާ އިން ފުރުސަތެއް ނެތަސް ރޮސީގެ ކެރިއަރު ނުނިމޭ
"ބާސާއާ ދެކޮޅަށް ކުރި ހިތްވަރު ތަކުރާރުކުރަން ޖެހޭ"
ރޯމާ އާއި ލިވަޕޫލުން ދެއްކީ މިސާލެއް: ޑި ރޮސީ
ޑިރޮސީގެ އަމަލުން ސްވިޑަން ކުޅުންތެރިން އަންތަރީސްވެއްޖެ