14 އެޕްރީލް 2018
ރޯމް، އިޓަލީ (އޭޕްރީލް 14) - މި ފަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި ރޯމާ އާއި ލިވަޕޫލުން ވަނީ މިސާލެއް ދައްކާފައިވާ ކަމަށް ރޯމާގެ ކެޕްޓަން އަދި އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑެނިއޭލޭ ޑި ރޮސީ ބުނެފި އެވެ.
ރޯމް، އިޓަލީ (އޭޕްރީލް 14) - މި ފަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި ރޯމާ އާއި ލިވަޕޫލުން ވަނީ މިސާލެއް ދައްކާފައިވާ ކަމަށް ރޯމާގެ ކެޕްޓަން އަދި އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑެނިއޭލޭ ޑި ރޮސީ ބުނެފި އެވެ.
ސެމީން ރޯމާ ފުރުސަތު ހޯދީ ކުއާޓާގައި ފަހަތުން އަރައި ބާސެލޯނާ ކަޓުވާލުމަށް ފަހު އެވެ. ލިވަޕޫލުން ވަނީ ކުއާޓާގައި ދެ ލެގުގައި ވެސް މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ޑި ރޮސީ ބުނީ ސެމީ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ ލިބޭ ތަފާތު ހިތްހަމަ ޖެހުމެކެވެ.
"ލިވަޕޫލުން ދެއްކީ އަހަރެމެން ދެއްކި ފަދަ ހިތްވަރެއް. އެ މީހުން ސިޓީ ބަލިކޮށްފި. އަހަރެން ވެސް ދުށީ ސިޓީ އަކީ ފޭވަރިޓް ކަމަށް. އެ މީހުންގެ އެބަހުރި ތަފާތު ކޯޗެއް (ކްލޮޕް) ވެސް. އަހަރެމެންނާ ލިވަޕޫލުން ދެއްކީ މިސާލެއް. ހިތްވަރާ އެކު ކާމިޔާބު ހޯދޭނެކަން،" ރޯމާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޑި ރޮސީ ބުންޏެވެ.
ރޯމާ އާއި ލިވަޕޫލް ވަނީ 1984 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ޕެނަލްޓީ ޖަހައިގެން މޮޅުވީ ލިވަޕޫލެވެ. މި ފަހަރު މި ދެ ޓީމު ކުޅޭ ފުރަތަމަ ލެގު އޮންނާނީ މި މަހު 24 ވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގަ އެވެ. ރޯމާ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 2 ވަނަ ދުވަހު އެވެ.
މި މެޗު އެންމެ ހާއްސަވާނެ އެއް ކުޅުންތެރިއަކީ މި ސީޒަނުގައި ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އަށެވެ. ސަލާހުއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރޯމާ އިން ވަނީ އެކަމާ ގުޅޭގޮތުން ޓްވީޓެއްކޮށްފަ އެވެ.
"180 މިނިޓަށް އަހަރެމެން މިއީ ދެ ވާދަވެރިން. އެކަމު ކޮންމެ ގޮތެއް ވިޔަސް އަހަރެމެންނަކީ އަބަދުވެސް ރަހުމަތްތެރިން. ކުރިއަށް މެޗަށް ވަރަށް ބޮޑަށް އިންތިޒާރުކުރަން،" ރޯމާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
We’ll be opponents for 180 minutes, but whatever happens we’ll remain friends for life. Looking forward to seeing you again, @22mosalah! ?#ASRoma #UCL #RomaLiverpool pic.twitter.com/eo0Rm4VWW9
— AS Roma English (@ASRomaEN) April 13, 2018
ސަލާހަށް ރޯމާ އިން ކުރި ޓްވީޓް.
ރޯމާގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަށް ސަލާހު ވެސް ވަނީ ޖަވާބު ދީފަ އެވެ. އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ 100 ޕަސެންޓް އެ ކަމަށް ތާއީދުކުރާ ކަމަށެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި ވަގުތު އެންމެން ވިސްނުން ހުރީ ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށާއި ޗެމްޕިއަންސް ލީގަށް ކަމަށެވެ. އެހެން ނަމަވެސް އޭނާ އެންމެ ބޮޑަށް ވިސްނަނީ އަބަދު ވެސް ކުރިއަށް އޮތް މެޗަށް ކަމަށެވެ. އެހެން ނަމަވެސް ރޯމާއާ ދެކޮޅަށް ކުޅޭ މެޗަކީ އެއްވެސް ގޮތަކަށް ފަސޭހަވާނެ މެޗެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ބުންޏެވެ.
ރޯމާ އަށް ކުރެވޭނެ ކަން އޮތީ ސާބިތުކޮށްދީފައި: ކޯޗު
"ބާސާއާ ދެކޮޅަށް ކުރި ހިތްވަރު ތަކުރާރުކުރަން ޖެހޭ"
ސަލާހުގެ މޮޅު ކުޅުމާ އެކު ލިވަޕޫލް ފައިނަލާ ގާތަށް
ފޭވަރިޓުން ކަޓުވާލި ދެ ޓީމުގެ މެޗު މިރޭ
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
ބާސާ ކަޓުވާލައި ރޯމާ އިން ދުނިޔެ ހައިރާންކޮށްލައިފި!
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ރޯމްގައި މިވަގުތު ބަތަލަކީ ސާބިއާގެ ކީޕަރު މިލީ ސިލްވާ