25 އެޕްރީލް 2018
ލިވަޕޫލް (އޭޕްރީލް 25) - ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގައެއް ދެން ރޯމާ އަށް ލިބެން އޮތީ ކުއާޓާ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ދެއްކި ހިތްވަރު ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ތަކުރާރުކޮށްގެން ކަމަށް ރޯމާގެ ކެޕްޓަން ޑަނިއެލޭ ޑި ރޮސީ ބުނެފި އެވެ.
ލިވަޕޫލް (އޭޕްރީލް 25) - ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގައެއް ދެން ރޯމާ އަށް ލިބެން އޮތީ ކުއާޓާ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ދެއްކި ހިތްވަރު ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ތަކުރާރުކޮށްގެން ކަމަށް ރޯމާގެ ކެޕްޓަން ޑަނިއެލޭ ޑި ރޮސީ ބުނެފި އެވެ.
ރޯމާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އަތުން 4-1 އިން ބަލިވި ނަމަވެސް މުބާރާތުގެ ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ. އެއީ 3-0 އިން ބާސެލޯނާ ބަލިކޮށްގެންނެވެ. ލިވަޕޫލް އަތުން ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ 5-2 އިން ބަލިވިއިރު، ފައިނަލުން ރޯމާ އަށް ފުރުސަތު ލިބޭނީ ތިން ގޯލުގެ ތަފާތަކުން ލިވަޕޫލް ބަލިކޮށްގެންނެވެ.
"އުއްމީދެއް އެބައޮތް. އެއީ ބާސެލޯނާ އާއި ލިވަޕޫލަކީ އެއް ކަަހަލަ ދެ ޓީމު. އަހަރެމެންނަށް އޮތީ ބާސެލޯނާއާ ދެކޮޅަށް ދެއްކި ފަދަ އާދަޔާހިލާފު ހިތްވަރެއް ތަކުރާރުކުރުން. އެކަން ކުރެވިދާނެ. އެކަން ކުޅުންތެރިންގެ ކިބައިން އެބަފެނޭ،" ޑި ރޮސީ ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗާއި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗު ތަފާތު ކަމަށެވެ.
"ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި އަހަރެމެންނަށް ނަސީބުގެ އެހީ ވެސް ނުލިބޭ. އެއީ އެ މެޗުގެ އެއް މައްސަލަ. އެކަމަކު ލިވަޕޫލާ ދެކޮޅަށް ކުޅުނު މި މެޗުގައި އަހަރެމެންނަށް މެޗުގެ ތެރޭގައި އޮވެވުނު ވަގުތުގައި އެކަނި ހަމަނޭވައެއް ލެވުނީ. ދެން ލިވަޕޫލުން ދިޔައީ މެދުކެނޑުމެއްނެތި ޕްރެޝަރު ކުރަމުން،" ޑި ރޮސީ ބުންޏެވެ.
ލިވަޕޫލަށް ރޭގެ މޮޅު ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މި ސީޒަނުގައި ރޯމާ ދޫކޮށް ލިވަޕޫލާ ގުޅުނު މިސްރުގެ ވިންގް މުހައްމަދު ސަލާހު އެވެ. ލިވަޕޫލުން ފަސް ލަނޑު ޖެހިިއިރު، ސަލާހު ވަނީ ދެ ލަނޑު ޖެހުމަށް ފަހު އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
"އަހަރެމެންނަށް އެނގޭ ކޮލިޓީ ކުޅުންތެރިއެއްކަން ސަލާހަކީ. އެކަމަކު އޭނާ މިިހާރު އެ ހުރީ ކުރިއަށް ވުރެ މަތީ ލެވެލެއްގައި. ސަލާހުގެ އެކަނި ހުނަރުން ވެސް ތަފާތު ދައްކައިފި،" ސަލާހަށް ތައުރީފް ކުރަމުން ޑި ރޮސީ ބުންޏެވެ.
ރޯމާ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެރޭގަ އެވެ.
ރޯމާ އާއި ލިވަޕޫލުން ދެއްކީ މިސާލެއް: ޑި ރޮސީ
ރޯމްގައި މިވަގުތު ބަތަލަކީ ސާބިއާގެ ކީޕަރު މިލީ ސިލްވާ
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
އިޓަލީގެ ކްލަބްތައް ޔޫރަޕްގައި ވިދުން ގަދަ ސީޒަނެއް
ރޯމާ އިން ފުރުސަތެއް ނެތަސް ރޮސީގެ ކެރިއަރު ނުނިމޭ
ރޯމާ ބަލިކޮށް ޕޯޓޯ ކުއާޓާ އަށް
ފަސް މެޗަށް ފަހު ރެއާލް މެޑްރިޑް މޮޅެއް ހޯދައިފި
ރޯމާ އަށް ކުރެވޭނެ ކަން އޮތީ ސާބިތުކޮށްދީފައި: ކޯޗު
ސަލާހުގެ މޮޅު ކުޅުމާ އެކު ލިވަޕޫލް ފައިނަލާ ގާތަށް
ފޭވަރިޓުން ކަޓުވާލި ދެ ޓީމުގެ މެޗު މިރޭ