ބީނޯސް އޭރީޒް (ޖެނުއަރީ 10) – ބޮކާ ޖޫނިއާސް އަށް އެނބުރި އައިސް މިހާރު ބޭނުންވަނީ މި އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ އާޖެންޓީނާ ޓީމުން ޖާގައެއް ހޯދަން ކަމަށް ފޯވާޑް ކާލޯސް ޓެވޭޒް ބުނެފި އެވެ.
10 ޖެނުއަރީ 2018
ބީނޯސް އޭރީޒް (ޖެނުއަރީ 10) – ބޮކާ ޖޫނިއާސް އަށް އެނބުރި އައިސް މިހާރު ބޭނުންވަނީ މި އަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ އާޖެންޓީނާ ޓީމުން ޖާގައެއް ހޯދަން ކަމަށް ފޯވާޑް ކާލޯސް ޓެވޭޒް ބުނެފި އެވެ.
މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ބޮކާ އަށް ކުޅުނު ޓެވޭޒް އެ ކްލަބަށް އެނބުރި އައީ ޗައިނީސް ސުޕަ ލީގުގެ ޝަންހާއީ ޝެންހުއާ އިން އޭނާ ދޫކޮށްލުމުންނެވެ. އޭރު އޭނާގެ ކޮންޓްރެކްޓުގައި އަހަރެއް ބާކީ އޮތެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޝެންހުއާ އަށް އޭނާ އަށް ދިން މުސާރައަކީ ދުނިޔޭގެ ރެކޯޑެކެވެ. އެކަމަކު އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އޭނާ އަށް އެ ޓީމަށް 20 މެޗުން ޖެހުނީ ހަތަރު ގޯލެވެ.
ޓެވޭޒް ބުނީ އޭނާގެ ކެރިއަރުގައި ދެން މާ ގިނަ ދުވަސްތަކެއް ނެތް ކަމަށާއި އޭނާ އުމުރުގެ ކުޅުންތެރިޔަކަށް ވޯލްޑް ކަޕުން ފުރުސަތު ލިބުން ވެގެންދާނީ އުފާވެރި ކަމެއް ކަމަށެވެ.
ވޯލްޑް ކަޕަށް ނުހަނު އުނދަގުލުން ކޮލިފައިވި އާޖެންޓީނާ އަށް ނިސްބަތްވާ ފެންވަރު ރަނގަޅު ގިނަ ފޯވާޑުންތަކެއް ތިބުމާ އެކު ޓެވޭޒަށް ފުރުސަތެއް ލިބިދާނެ ކަމަށް އެހާ ބޮޑަށް ނުބެލެވެ އެވެ. އާޖެންޓީނާގެ ފޯވާޑުންގެ ތެރޭގައި ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ގޮންޒާލޯ ހިގައިން އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އަދި އިންޓަ މިލާނުގެ މައުރޯ އިކާޑީ ހިމެނެ އެވެ.
ބޮކާ އިން 2001 ވަނަ އަހަރު ކެރިއަރު ފެށި ޓެވޭޒް ވަނީ ބްރެޒިލްގެ ކޮރިންތިއަންސް އާއި އިންގްލެންޑުގެ ވެސްޓްހޭމް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި އިޓަލީގެ ޔުވެންޓަސް އަށް ކުޅެފަ އެވެ. އޭނާ ޔޫރަޕް ދޫކޮށްލައި ބޮކާ އަށް އެނބުރި ދިޔައީ 2015 ގަ އެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް 76 މެޗުން 13 ގޯލް ޖަހައިދީފަ އެވެ.
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
އާޖެންޓީނާ ވޯލްޑް ކަޕަށް، އުފާފާޅުކުރާނީ ބްރެޒިލް ބަލިކޮށްގެން
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
އާޖެންޓީނާ ޓީމު ގޮވައިގެން ފްރާންސް ކޯޓަށް
އާޖެންޓީނާއިން 15 އަހަރު ދިނަސް ސޮއިކުރާނަން: ކޯޗު
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
ފައިނަލްގެ ކުރިން ސެކިއުރިޓީއާ މެދު ކަންބޮޑުވުން
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް