Roadha Mihaaru
ސައުދީ އިންވެސްޓްމަންޓް ސަމިޓުގައި ޑރ. ވަހީދު

ސައުދީ އިންވެސްޓްމަންޓް ސަމިޓުގައި ޑރ. ވަހީދު

23 އޮކްޓޯބަރ 2018

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި މިއަދު ފެށި އިންވެސްޓްމަންޓް ސަމިޓުގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި މިއަދު ފެށި އިންވެސްޓްމަންޓް ސަމިޓުގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.

"ދަ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް 2018" ގެ ނަމުގައި ފެށި ސަމިޓުގައި ވަހީދު ބައިވެރިވެވަޑައިގަންނަވަނީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭނގެ އެވެ.

ވަހީދު ޓުވިިޓާގައި އާންމު ކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި ސަމިޓް ފެށުމުގެ ހަފްލާގައި އެމަނިކުފާނުގެ އަރިހުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް މުހައްމަދު ބިން ރާޝިދާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ބައިވެރިވެވަޑައިގަންނަވަ އެވެ.

ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެ ސަމިޓުގައި ޖޯޑަން އާއި ބަހްރައިނާއި އެފްރިކާ އާއި އޭޝިއާގެ އެކިއެކި ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ސައުދީ ސަމިޓުގައި ވަހީދު ބައިވެރިވެވަޑައިގެންނެވި އިރު، އެ ގައުމުގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެން ބައެއް ބޭފުޅުން ވަނީ ސަމިޓު ބޮއިކޮޓް ކުރައްވައިފަ އެވެ.

ޑރ. ވަހީދު މިއަދު ކުރެއްވި ޓުވީޓު.

ބޮޑެތި ގައުމުތަކާއި ބޭރު ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ސައުދީ ފޯރަމް ބޮއިކޮޓް ކުރީ ތުރުުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި އެ ގައުމުގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައި ވާތީ އެކަން ކުށްވެރިކުރުމުގެ ގޮތުންނެވެ.

"ޑާވޯސް އޮފް ދަ ޑެޒާޓް"ގެ ނަމުން މަޝްހޫރު ފޯރަމް އިންތިޒާމް ކުރަނީ ސައުދީ އަރަބިއާގެ ސޮވެރިން ވެލްތު ފަންޑުންނެވެ. ތިން ދުވަހުގެ މުއްދަތައް ބާއްވާ ސަމިޓުން ސައުދީގައި އިންވެސްޓް ކުރުމަށް ކުންފުނިތަކަށް ރަނގަޅު ފުރުސަތެއް ލިބިގެން ދެ އެވެ. ސަމިޓުގައި ވަނީ 140 ކުންފުންޏެއްގެ ފަރާތުން 100 އަށްވުރެ ގިނަ ތަޖުރިބާކާރުން ތަގުރީރު ކުރާނެ ކަމަށް ސޮވެރިން ވެލްތު ފަންޑުން ބުނެ އެވެ.