Roadha Mihaaru
މޯދީ، ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ، ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފި

20 އޮކްޓޯބަރ 2018

ސުލްހްވެރިކަމާއެކު އިންޑިއާގެ މިނިވަންކަން ހޯދައިދިނުމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހި ލަވަކިޔުންތެރިންތަކެއް ކިޔާފައިވާ ލަވައެއް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓުވިޓާގައި ޝެއާ ކުރައްވައި ދިވެހި ބަހުން އެ ލަވައިގެ ތަފްސީލު މިއަދު ލިޔުއްވައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ސުލްހްވެރިކަމާއެކު އިންޑިއާގެ މިނިވަންކަން ހޯދައިދިނުމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހި ލަވަކިޔުންތެރިންތަކެއް ކިޔާފައިވާ ލަވައެއް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓުވިޓާގައި ޝެއާ ކުރައްވައި ދިވެހި ބަހުން އެ ލަވައިގެ ތަފްސީލު މިއަދު ލިޔުއްވައިފި އެވެ.

ޓުވިޓާގައި މޯދީ ޝެއާ ކުރައްވާފައި ވަނީ ދިވެހި ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ހިންދީ ބަހުން ކިޔާފައިވާ "ވައިޝްނަވް ޖާންތޯ" އެވެ.

އެ ލަވަ ޓުވިޓާގައި ޝެއާ ކުރެއްވުމަށް ފަހު މޯދީ ވަނީ އެ ލަވަޔާއި ލަވަ ކިޔުންތެރިންނަށް ތައުރީފް ކުރައްވައިފަ އެވެ. އެ ލަވަ އިން، ގާންދީގެ ސުލްހައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްގީ އަދި ސާފުތާހިރުކަމުގެ ހަރަކާތާއި ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށް މޯދީ ވިދާޅުވި އެވެ.

މޯދީ ދިވެހި ބަހުން ކުރައްވާފައިވާ ޓުވީޓު

ޓުވިޓާގައި 44 މިލިއަން މީހުން މޯދީ ފޮލޯ ކުރެ އެވެ. އެމަނިކުފާނު ދިވެހި ބަހުން ޓުވީޓް ކުރައްވައި ވިދާޅުވި އެއްޗެއް ނޭނގިގެން ގިނަ ބަޔަކު ސުވާލުކޮށްފައިވެ އެވެ.

މޯދީގެ ޓުވީޓުން ދިވެހިންނަށް އުފާވެރިކަން ގެނެސްދިންއިރު، އެ ޓުވީޓަށް ގިނަ ބަޔަކު ވަނީ ޖަވާބު ދީފަ އެވެ. އެއާއެކު ދިވެހި ބަހުން ޓުވީޓެއް ކުރެއްވުމުން ބައެއް މީހުން މޯދީ އަށް ޝުކުރު ވެސް އަދާކުރި އެވެ.