Roadha Mihaaru
ޒުވާން ބައެއް ވިޔަފާރިވެރިންނާ އިބޫ ބައްދަލުކުރައްވައިފި

ޒުވާން ބައެއް ވިޔަފާރިވެރިންނާ އިބޫ ބައްދަލު ކުރައްވައިފި

16 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިން މޭޓް ފައިސަލް ނަސީމް، ޒުވާން ބައެއް ވިޔަފާރިވެރިންނާ ރޭ ބައްދަލު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިން މޭޓް ފައިސަލް ނަސީމް، ޒުވާން ބައެއް ވިޔަފާރިވެރިންނާ ރޭ ބައްދަލު ކުރައްވައިފި އެވެ.

އިބޫގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވިޔަފާރިވެރިންގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ވެރިންގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އެއީ މިހާރު އެ ކުންފުނިތައް ހިންގުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނެވެ.

އޭގެ ތެރޭގައި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ސިޔާދާއި ނަލަހިޔާ ކުންފުނީގެ ވެރިޔާގެ ދަރިކަލުންގެ އިތުރުން ރެއިންބޯ އާއި ދަމާސް ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބެވި ޒުވާނުން ހިމެނެ އެވެ.

އިބޫ ޒުވާން ވިޔަފާރިވެރިންނާ ބައްދަލު ކުރެއްވުން--

ބައްދަލުވުމާ ބެހޭ ގޮތުން އިިތުރު ތަފްސީލެއް ނުލިބެ އެވެ.

ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އިބޫ ގެންދަވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވަމުންނެވެ. އަދި ރާއްޖޭގެ އެކި ޖަމިއްޔާތަކުގެ ވެރިންނާވެސް ބައްދަލު ކުރައްވަ އެވެ.