ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށް މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
25 އޮކްޓޯބަރ 2018
ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށް މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ، އަލަށް އެކުލަވާލަން ތައްޔާރުވާ އިބޫގެ ސަރުކާރަށް ޕީޕީއެމްގެ މެމްބަރަކު ތައުރީފްކުރެއްވި ފުރަތަމަ ފަހަރެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވައި، ރިޔާޒް ވަނީ އޭނާގެ ހިޔާލު ބަދަލުވެގެން ދިޔަ ގޮތުގެ ތަފްސީލް ދެއްވައިފަ އެވެ.
ވިލުފުށީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރަން ރައީސް ޔާމީން އެ ރަށަށް ވަޑައިގެން، ރިޔާޒްއާ ސަލާމް ކުރައްވަނީ --ފޮޓޯ: ރައީސް އޮފީސް
ރިޔާޒް ވިދާޅުވީ ސަަރުކާރާ ފެއަށް ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ އެތައް ބަޔަކަށް ހައްގު ނޫން ގޮތުގައި އެތައް އަނިޔާއެއް ދިނުން ކަމަށެވެ. އަނިޔާ ލިބުނު އާއިލާތަކުގެ މެމްބަރުން އެޅި ކަރުނަ ވަރަށް ކައިރިން ދެކެވަޑައިގެންނެވި ކަމަށް ވިދާލުވި އެވެ.
"އަނިޔާ ލިބުނު އާއިލާތަކަށް އަޅުގަނޑު ދިޔައިން އެހީތެރިކަމާއި މަދަދު ފޯރުކޮށްދެމުން. އެކަން ވެސް އަޅުގަނޑު ކުރީ ހިތަށް ކެތް ނުކުރެވިގެން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ގިނައިން ފާޑުވިދާޅުވި އެއް މެމްބަރެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އެއީ އެއްވެސް ހަސަދައެއް އޮވެގެން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އެއީ ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ނަޝީދު ޖަލަށްލި ފަހުން އަޅުގަނޑު ނޯންނާނެ، އެމަނިކުފާނަށް ފާޑުކިޔާފައެއް. ފާޑުކީ ވެސް ކޮންމެހެން އެމަނިކުފާނަށް އޮތް ހަސަދައެއްގެ ސަބަބަކުންނެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނާއި އާއިލާތަކަށް ވަރަށް ބޮޑެތި ނިކަމެތިކަމެއް ލިބުނު ކަމަށެވެ. އެހެންވެ އަނިޔާ ލިބުނު މީހުންނަށް ހަމްދަރުދީ އޮތް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ އަށް ތައުރީފްކުރަައްވަމުން ވިދާޅުވީ އެ ޕާޓީން މީގެ ކުރިން ކުރި ތިން އަހަރު ދުވަހުގެ ވެރިކަމުގެ ތަޖުރިބާގެ އަލީގަ އާއި ބާކީ ތިބި ކޯލިޝަންގެ ޕާޓީތަކާ އެކު، ގޯސްކޮށް ކަމެއް ތަކުރާރުނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އިގްތިސާދު ކުރިއަށް ގެންދާނެ ގޮތާއި ކުރިއަރާ ގޮތް ކޯލިޝަންގެ ބޭފުޅުންނަށް އެނގޭނެ. އެއާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ، ރާއްޖެ ތަރައްގީ ވާނެ. ރައްޔިތުންގެ ތާއީދު ވެސް ދެމެހެއްޓޭނެ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އެހެން ޕާޓީތަކާ އަޅާބަލާއިރު، ޑިމޮކްރަޓިކް ޕާޓީއެކެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދެއްކެވީ އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާ ދިމާލަށް ކޮންމެ އެއްޗެއް ބުނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިފައި އޮތުމެވެ.
"އެންމެ އުޅޭ ހިތްވާ ޕާޓީއަކީ އެމްޑީޕީއޭ ކުރިން ބުނިން. އެއީ އަޅުގަނޑު ގަބޫލުކުރާ ބައެއް އުސޫލުތަކެއް ގެންގުޅޭތީ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ވަނީ މަސައްކަތްކޮށްފައި،" --ރިޔާޒް
"ވެރިކަމުގައި ނުވަތަ ވެރިކަމުގައި ނުތިބި ކަމުގައިވިޔަސް، އެއްޗެއް ބުނާ ބަޔަކު އެމްޑީޕީން ކަނޑައެއް ނުލާނެ. އެމީހަކު ބޭނުންވާ ހިޔާލެއް ފާޅުކުރުމަކީ ޑިމޮކްރަސީ. އެކަން ނެތް ނަމަ، ކަމެއް ރަނގަޅު ކުރާކަށް ނޭނގޭނެ. އެއީ އެމްޑީޕީގައި އޮތް ވަރަށް ރަނގަޅު ސިފައެއް،" ރިޔާޒް ވިދާޅުވި އެވެ.
"އެންމެ އުޅޭ ހިތްވާ ޕާޓީއަކީ އެމްޑީޕީއޭ ކުރިން އަޅުގަނޑު ބުނިން. އެއީ އަޅުގަނޑު ގަބޫލުކުރާ ބައެއް އުސޫލުތަކެއް ގެންގުޅޭތީ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ވަނީ މަސައްކަތްކޮށްފައި."
މަޖިލިހުގެ ކޮމިޓީއެއްގައި ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
ރިޔާޒް ވިދާޅުވީ އެމްޑީޕީން އިދިކޮޅުގައި އޮތް އިރު އެކަހަލަ ހިތްވަރު ހުރި އިތުރު ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށެވެ.
"އިންތިޚާބު ގެއްލުނީ އެކަނިމާއެކަނި ނުކުތީމަ. ގާސިމް ނޫނީ މައުމޫންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ތާއީދާއެކު ނިކުތް ނަމަ، ރައީސް ޔާމީން ބައްޔެއް ނުވާނެ،" --ރިޔާޒް
އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ހަމައަށް ޕީޕީއެމްގެ ސަރުކާރު ދިފާއުކުރެއްވުމުގައި އުޅުއްވި ރިޔާޒް ވިދާޅުވީ އާ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ އެކު، ރިޔާޒް ވަނީ ސަރުކާރު ދިފާއުކުރެއްވުމުގެ މަސައްކަތުން "ފެއަށް" ޖެހިވަޑައިގެންފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، ރިޔާޒް "ގެއްލުނީ" އޭނާއާ އެކު ގާތްކޮށް އުޅުއްވި ބައެއް ބޭފުޅުން ޖަލަށްލުމުންނެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ނާކާމިޔާބީއާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ގެނައި ނަމަވެސް، ރައްޔިތުން ހިތްހަމަނުޖެހި ޕީޕީއެމަށް ވެރިކަން ގެއްލުނީ އެތައް ބަޔަކު ޖަލަށް ލުމުން ކަމަށެވެ. އަދި މަޖިލިހުގެ މެމްބަރުންގެ ދައުރު ހަނިކުރުމަކީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އަނެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުވަތަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދާ އެކު، ރައީސް ޔާމީނަށް އިންތިޚާބު ކުރެއްވުނީހެވެ.
"އިންތިޚާބު ގެއްލުނީ އެކަނިމާއެކަނި ނުކުތީމަ. ގާސިމް ނޫނީ މައުމޫންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ތާއީދާ އެކު ނުކުންނެވި ނަމަ، ރައީސް ޔާމީން ބައްޔެއް ނުވާނެ،" ރިޔާޒް ވިދާޅުވި އެވެ
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
ރައްޔިތުންގެ ނިންމުމާ ކުޅެން ނޫޅުއްވާ!