ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ މިދިޔަ އަހަރު ކުރެއްވުމުން އެ މަނިކުފާނަކީ ރައީސް ކަމަށް ކަނޑައަޅަން އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މިއަދު ނިންމައިފި އެވެ.
07 މާޗް 2023
ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ މިދިޔަ އަހަރު ކުރެއްވުމުން އެ މަނިކުފާނަކީ ރައީސް ކަމަށް ކަނޑައަޅަން އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މިއަދު ނިންމައިފި އެވެ.
ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް މިދިޔަ އަހަރު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވުމަށްޓަކަ އެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް އެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ރައީސަކީ އެ މަނިކުފާނު ކަމަށް ބުނެ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައި، އެކަން މިއަދު ވަނީ އަންގައިފަ އެވެ. އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ. މީގެ ކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް އެ ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަަލައިނުގަތުމަށެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވިޔަސް، އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ. އަދި މައްސަލަ ބަލައިގަތުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ނައިބު ރައީސަކީ ރައީސް އިސްތިއުފާ ދެއްވައިފި ނަމަ ނުވަތަ މަގާމުގެ ޒިންމާ އަދާކުރަން ވަގުތީ ގޮތުން ނުކުޅެދޭ ހާލަތްތަކުގައި ރައީސްގެ ޒިންމާ އަދާކުރައްވާ ބޭފުޅާ އެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ ރައީސަށް އެ މަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރައްވަން ވަގުތީ ގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުފުޅު ކުރެއްވިއްޖެ ނަމަ ސަބަބު ބަޔާން ކުރައްވައި އެކަން ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ނައިބު ރައީސާ ހަވާލު ކުރައްވަން ވާނެ ކަމަށެވެ. އަދި ރައީސް އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވަން ވާނީ އެ ކަން ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ލިޔުމުން އެންގެވުމަށް ފަހު ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރެ އެވެ.
ގާނޫނުއަސާސީގެ 126 ވަނަ މާއްދާގައިވާ ގޮތުން ރައީސާއި ނައިބު ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވާ ކޮންމެ ބޭފުޅަކު، މަގާމާ ހަވާލުވުމުގެ ކުރިން، ގާނޫނުއަސާސީގެ ޖަދުވަލުގައިވާ، އެ ބޭފުޅެއްގެ މަގާމުގެ ހުވާ ކުރައްވައި، އެ ހުވާގެ އިގުރާރުގައި ސޮއިކުރައްވަން ޖެހެ އެވެ.
12 މެމްބަރުންގެ ގޮނޑިއަށް ދާއިމީ ހައްލެއް ނާންނާނެ
ރައީސަކީ ފައިސަލްތޯ ސުވާލު އުފައްދައި ގަރާރެއް!
ރައީސަކީ ފައިސަލް ކަމަށް ބުނެ އަނެއްކާވެސް ކޯޓަށް
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
އިސްވެރިންގެ މުސާރަ ކުޑަކުރި މައްސަލަ ހުކުމާ ހަމައަށް
ރައީސްގެ މުސާރަ ކުޑަކުރި މައްސަލައިގެ އަޑުއެހުން ފަށަނީ
ރައީސާއި ނައިބުގެ މުސާރަ ކުޑަކުރި މައްސަލަ ބަލައިގެންފި
ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް