Roadha Mihaaru
ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

01 ޖޫން 2020

ކޮވިޑް-19 އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައެއް މިނިިވަން މުއައްސަސާތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައެއް މިނިިވަން މުއައްސަސާތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ފަނޑިޔާރުންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، ރައީސާއި ނައިބު ރައީސްގެ މުސާރައަކީ އެ ކަމަށް ޚާއްސަ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރަތަކެއް ކަމަށް ވާއިރު، އެ ގާނޫނު އިސްލާހު ނުކޮށް އެ ދެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން އޮތީ ވިދާޅުވެފަ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. ގާނޫނެއްގައި މުސާރަ އާއި އިނާޔަތްތައް ބަޔާން ކޮށްފައިވަނީ ވެސް އެ ދެ މަގާމުގައިި އެކަނި ކަމަށާއި އެހެންވެ، އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް މައްސަލައިގައި ވެ އެވެ.

ހަލީމް އެދިވަޑައިގަތީ ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށެވެ. އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.

ރައީސާއި ނައިބު ރައީސްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލާއި އިންފޮމޭޝަން ކޮމިޝަނަރުގެ މުސާރަ އާއި އިނާޔަތްތައް އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަގާމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެ މަގާމުތަކާ ގުޅޭ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ. އެހެންވެ، ގާނޫނުގައި ބަޔާންކުރާ ގޮތް ނޫން ގޮތަކަށް އެ މަގާމުގެ މުސާރަ އާއިި އިނާޔަތްތައް ވެސް ކުޑަ ނުކުރެވޭނެ ކަމަށް ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބަޔާން ކުރައްވާފައި ވެ އެވެ.

މީގެ އިތުރުން، ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ބަޔާން ކުރުމުން އެއީ ބަރީއަވުމެއް ނެތް އިލްތިޒާމެއް ކަމަށް ބަލަންޖެހޭ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބަޔާން ކޮޮށްފައިވާތީ އެ މަގާމުގެ މުސާރަތައް ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރައަކީ އެ ކަމަށް ޚާއްސަ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރަތަކެއް ކަމަށް ވާއިރު، އެ ގާނޫނު އިސްލާހު ނުކޮށް އެ ދެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން އޮތީ ވިދާޅުވެފަ އެވެ.

އެކަންކަން ފާހަގަކޮށް، ހަލީމް އެދިވަޑައިގަތީ ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލްކޮށް ދިނުމަށެވެ. އެ މައްސަލަ ނިމެންދެން މަޖިިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.

ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. އަދި ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ. އެކަމަކު އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުން ނިންމާފައިވަނީ ކުރިއަށް އޮތް ތިން މަހު ރައީސްގެ މުސާރަ 65،000ރ. އަށް އަދި ނައިބު ރައީސްގެ މުސާރަ 48،000ރ. އަށް ކުޑަ ކުރުމަށެވެ.

ގާނޫނުުއަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިިލީހުންނެވެ. ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނަކުން ކަނޑައަޅާފައި ވިޔަސް، އެހެން މަގާމުތަކުގެ މުސާރަތައް މަޖިލީހުން ކަނޑައަޅަނީ ހާލަތަށް ބެލުމަށް ފަހު މާލިއްޔަތު ކޮމެޓީންނެވެ.